ސައުތް އޭޝިއަން ޓްރެވަލްސް އެވޯޑްގެ 31 އެވޯޑެއް ރާއްޖެ އަށް ލިބިއްޖެއެވެ.

އަދާރަން ހުދުރަންފުށީގައި ރޭ ބޭއްވި ސަޓާ އެވޯޑް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. ނައިބު ރައީސް ވަނީ ސަޓާ އެވޯޑް ލިބުނު ފަސް ފަރާތަކަށް އެވޯޑް ހަވާލުކޮށް ދެއްވައިފައެވެ.

މިއަހަރުގެ ސާޓާ އެވޯޑަށް ސައުތު އޭޝިއާގެ ހަ ގައުމަކުން ވާދަކުރިއެވެ. އެއީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން، ބަންގްލަދޭޝްއެވެ. އެ ވޯޑް ހަފްލާގައި އެންމެ ގިނަ އެވޯޑްތައް ހާސިލް ކުރީ ރާއްޖެއިން އިންނެވެ.

 

ރާއްޖެއިން ހާސިލް ކުރި އެވޯޑްތަކަކީ:

  • ބެސްޓް ސީއެސްއާރު ޕްރޮގްރާމް – ދުސިތު ތާނީ މޯލްޑިވްސް
  • ލީޑިން އެޑްވެންޗާ ޕްރޮވައިޑާ – ބެސްޓް ޑައިވް ޕްރައިވެޓް ލިމިޑެޓް މޯލްޑިވްސް
  • ލީޑިން ލިވަބޯޑް – ސްކޫބާ ސްޕާ މޯލްޑިވްސް
  • ލީޑިން ބީޗް ވިނާ – މޫވެންޕިކް ރިސޯޓް ކުރެދިވަރު
  • ލީޑިން ޑައިވް ސެންޓާ ބްރޭންޑް – ޑައިވް ޕޮއިންޓް މޯލްޑިވްސް
  • ލީޑިން ޖީއެސްއޭ – އޭސް އޭވިއޭޝަން މޯލްޑިވްސް
  • ލީޑިން ޓޫރިސްޓް ޓްރާންސްފާ ޕްރޮވައިޑާ (އެއާ) – ޓްރާންސް މޯލްޑިވިއަން އެއާވޭސް
  • ލީޑިން ސާފް ހޮޓެލް ރިސޯޓް – އަދާރަން ސެލެކްޓް ހުދުރަންފުށި
  • ލީޑިން ޓްރެވެލް އެޖެންޓް އައުޓްބައުންޑް – އޭސް ޓްރެވެލް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް
  • ލީޑިން ފެމިލީ ރިސޯޓް – ދުސިތު ތާނީ މޯލްޑިވްސް
  • ލީޑިން ޑިޒައިނާ ހޮޓެލް ރިސޯޓް – ކޮކޫން މޯލްޑިވްސް
  • ލީޑިން ޕީއެސްއޭ – އޭސް ޓްރެވެލް މޯލްޑިވްސް
  • ލީޑިން ޑައިވް ރިސޯޓް – އަދާރަން ސެލެކްޓް މީދުއްޕަރު
  • ލީޑިން ޔޮޓް މެރީނާ ރިސޯޓް – ކްރޮސްރޯޑް މޯލްޑިވްސް
  • ލީޑިން ޓޫރިސްޓް ޕްރޮވައިޑާ ލޭންޑް އެންޑް ސީ – ޖަލްބޫޓް މޯލްޑިވްސް
  • ލީޑިން ލިވަބޯޑް ބްރޭންޑް – ވޮޔޭޖަސް މޯލްޑިވްސް
  • ލީޑިން އެއާޕޯޓް ހޮޓެލް – އީކުއޭޓާ ވިލެޖް
  • ލީޑިން އޯލް އިންކުލޫސިވް ރިސޯޓް- ހެރިޓެންސް އާރަށް
  • ލީޑިން ބީޗް ރިސޯޓް – ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ
  • ލީޑިން ބުޓީކް ހޮޓެލް ރިސޯޓް – ރިވަރީސް މޯލްޑިވްސް
  • ލީޑިން ބިސްނަސް ހޮޓެލް – މާގިރި ހޮޓެލް
  • ލީޑިންގ އިކޯ ފްރެންޑްލީ ރިސޯޓް – ލަކްސް ސައުތު އަރި އެޓޯލް
  • ލީޑިން އެފްއެންޑްބީ ރިސޯޓް – ސެންޓާރާ ގްރޭންޑް ރިސޯޓް އެންޑް ސްޕާ
  • ލީޑިން ގެސްޓްހައުސް ޓޫރިސްޓް އިން – ރިވަރީސް މޯލްޑިވްސް
  • ލީޑިން ހެރިޓޭޖް ހޮޓެލް – އީކުއޭޓާ ވިލެޖް މޯލްޑިވްސް
  • ލީޑިން ލަގްޒަރީ ހޮޓެލް ރިސޯޓް – ލަކްސް ސައުތު އަރި އެޓޯލް މޯލްޑިވްސް
  • ލީޑިން ވެޑިން ހޮޓެލް ރިސޯޓް – ކޮކޫން މޯލްޑިވްސް
  • ލީޑިން ވެލްނެސް ރިސޯޓް – ހެރިޓެންސް އާރަށް
  • މޮސްޓް ރޮމޭންޓިކް ރިސޯޓް – ސަމާ އައިލެންޑް މޯލްޑިވްސް
  • ލީޑިން ހަނީމޫން ޑެސްޓިނޭޝަން – މޯލްޑިވްސް

މި އަހަރުގެ ސަޓާ އެވޯޑަށް 39 ކެޓަގަރީއަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. އެވޯޑަށް ހަ ގައުމަކުން 500 ގިނަ ތަންތަން ނޮމިނޭޓްވެފައި ވެއެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގައެވެ. މި އަހަރު ބާއްވާފައިވަނީ ސަޓާގެ ހަވަނަ އެވޯޑް ހަފަލާއެވެ.

ސަޓާ އެވޯޑް ހަލްފާ ތެރެއިން
--- ފޮޓޯ: ރައީސް އޮފީސް

ހައިރައިޒުން އިންތިޒާމު ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ އެވޯޑް މިއަދު ވެފައިވަނީ ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ އެވޯޑަކަށެވެ.

އެގޮތުން އެ މަސައްކަތުގެ އަގު ވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެވޯޑް

    ތިޔަ އެވޯޑަކުން ރައްޔިތުންނަށް ވާ ކަމެއް ހަރާން. ރައްޔިތުން ތިބީ ގެދޮރު ނެތިފައި. ބޭސް ސިޓީ ހިފައިގެން ފޭސްބުކުގައި. ރައްޔިތުންނަށް ހިއްސާ ނުވިއްކާ ޓޫރިޒަމެއް އޮތުމަކީ ރައްޔިތުންނަށް ދެވޭ އެންމެބޮޑު އަނިޔާ.

  2. ރެފްރީ

    ސަރުކާރަށްއޮންނާނީ ގިނަދުވަހު ޓޫރިޒަމަދާއިރާއަށް ޚިދުމަތްކުރިފަރާތްތައްވެސްއެނިގިފަ. އެފަދަފަރާތްތަކަށް ހަނދާނީލިއުމެއްނަމަހީވެސް ނުދިނުމަކީ ބޭއިންސާފުކަމެއް.

  3. ފައުޒީ

    ތީ ހުސް ފޭކު އެވޯޑު..