އެކުވެރި އަރަބި އިމާރާތް (ޔޫއޭއީގެ) އަބޫ ދާބީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ވިޒް އެއާއިން ރާއްޖެ އާއި އަބޫދާބީއާ ދެމެދު ދަތުރުތައް ފަށައިފިއެވެ.

މިއަދު ހަވީރު 4:52 ހާއިރު ވިޒް އެއާގެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖެއްސުމުން ވަނީ ވޯޓާ ސެލިއުޓް އެއް އަރުވާފައެވެ.

އަދި އެ އެއާލައިންއަށް މަރުހަބާ ކިއުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އެމްއޭސީލްގެ އެމްޑީ މަހުޖޫބް ޝުޖާއު ވީއައިއޭއަށް ވަޑައިގެންނެވި އެވެ.

އެ އެއާލައިނުން މިއަދު ރާއްޖެއަށް ފަތުރުވެރިންނަށް ވަނީ ބިދަބެން ބޮޑުބެރު ގްރޫފްގެ ފަރާތުން ސަގާފީ މަރުހަބާއެއްވެސް ކިޔާފައެވެ.

ވިޒް އެއާއިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ހަތަރު ދަތުރު ޝެޑިއުލްކޮށް ގެންނެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގަ އެވެ.

ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުން

އެ އެއާލައިނުން ރާއްޖެއަށް އޮޕަރޭޓުކުރާނީ މުޅިން އާ، އެއާބަސް އޭ321 ނިއޯ މަރުކާގެ ބޯޓެކެވެ.

ވިޒް އެއާއިން ރާއްޖެއަށް ކުރާ ދަތުރުގެ އަގަކީ އެއްކޮޅަކަށް 97 ޑޮލަރެވެ. އެއީ 1495 ރުފިޔާ އެވެ.

ވިޒް އެއާ ފެށުމަށް މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ދުނިޔޭގައި ތެޔޮ އަގުބޮޑުވެފައިވާ ދުވަސްވަރެއްގައި ވިޒްއާގެ ދަތުރުތައް ފެށިގެން ދިއުމަކީ ވަރަށް ރަނގަޅު ފާލެއް ކަމަށެވެ.

ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މައުސޫމް

"ވިޒް އެއާއިން ހަފްތާއަކު 4 ފްލައިޓް އަންނާނެ. އެހެންވީމަ 650 ވަރަށް ސީޓު އެ ލިބުނީ. އެހެންވީމަ ވަރަށް ރަނގަޅު ފެށުމެއް މިއީ". މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ވިޒް އެއާ އަކީ އަބޫދާބީގެ އެންމެ އަގުހެޔޮ އެއް އެއާލައިންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ އެއާލައިންގެ ދަތުރު ފެށުމުން އަގު ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް އޮންނަ ޑިމާންޑަށް ދިމާވެފައިވާ ގޮންޖެހުންތައް ކުޑަވެގެންދާނެ ކަމަށެވެ.

ވިޒް އެއާ އަބޫދާބީ މެނޭޖިންގ ޑިރެކްޓަރު މައިކަލް ބަލުއިސް ވިދާޅުވީ އެ އެއާލައިނުން މިހާރު ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން ރާއްޖެއަކީ އަބޫދާބީން ފެށިގެން އިރުމަތީ ގައުމުތަކުގެ ތެރެއިން އެންމެ ދުރު މަންޒިލް ކަމަށެވެ.

ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުން

މައިކަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަބޫދާބީއާއި ރާއްޖެއާއި ދެމެދު ކުރާ ދަތުރުތައް އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވިޒް އެއާގެ އިތުރުން އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު މިހާރު ސީދާ ދަތުރުތައް ކުރަނީ އިއްތިހާދު އެއާވޭސް އިން އެކަންޏެވެ. ނަމަވެސް، ޔޫއޭއީގެ ދުބާއީ އާއި މާލެއާ ދެމެދު އެމިރޭޓްސް އަދި ފްލައިދުބާއީން ވެސް ކޮންމެ ދުވަހަކު ފްލައިޓް އޮޕަރޭޓު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިހުސާސް

    ވަރަށް ސަޅި

    އެކަމަކު އަޅުގަނޑުމެންގެ މިސަރުކާރުން ވީ ވައުދުގެ ތެރޭގައި އެތެރޭގެ އުދުހުންތަށް އަގު ހެޔޮކުރުން
    ވީ ބޮޑު
    35 މިނެޓުން ދެވޭ ކުޑަހުވަދޫ އެއަރ ޕޯޓްގެ މަންޓާ ޓިކެޓެއްގެ އަގުވެސް އުޅެނީ 1999 ރ އަދި ކިހާ ސަޅި

    އަދި އަޅުގަނޑުމެންގެ މައި އެއާރލައި އޮބި ނޯވޭ

    ވިޒް އެއާރ ލައިން އިން ކިތައް ގަޑިއިރުން އާދެވޭބާ
    އެކަމަކު 1495
    ޤައުމުގެ ހާލަތު އޮބި ނޯނަވަރަށް ރައްޔިތުން ފެލުން

    14
    • ދޯ

      އައިފޯން ގަނެލަން ދުބާއީއަށް ދާންވީ ....ޓިކެޓް ކަންޑާފަވެސް މާލެ އަށް ވުރެ އަގުހެޔޮ

  2. ޕޫ ޓިން

    އައްޑޫ އާއި މާލޭގެ ފުލައިޓުގެ އަގު މާ ބޮޑު އަބޫގެ ދާބީ އައް ދިޔުމަށް ތުރެން. އައި ވޮންޑާ ވައި؟؟؟

    15
  3. ޙަލީމް

    މަތިންދާބޯޓަށް ސެލިއުޓް "އެރުވީ"ޔޯ. ކޮން ތާކުން ދިވެހިބަސް ދަސްކޮށްގެން އުޅޭ ބައިގަނޑެއްބާ؟

    10
    1
  4. ޝެއިޚް ނަސްރުﷲ

    90 ޑޮލަރުގެ ޓިކެޓްގައި ގެންދެވެނީ 10 ކިލޯގެ ބެކްޕެކެއް އެކަނި
    ..ޗެކިން ބެގެޖްވެސް މި ފެއާގަ ނީދޭ...

    2
    1
  5. ޒާ

    މަދުށިން ބޯޓުން ފޭބިމީހުން ވަރަށް ތުއްތު ކުދިން ބޮޑުބެރުޖަހާއަޑު ގަދަވެގެން ރޯތީ އުޅެނިކޮށް. ބާރުކޮށް ބޮޑުބެރު ނުޖަހާ މަރުހަބާ ކިޔޭނެގޮތެއް ނެތްދޯ؟

    3
    2
  6. ރުޝްދީ

    ވޯވް.......އައްޑުއަށް 1600/- ރުފިޔާ ޑުބާއީއަށް 1400/- ވަރަށް ފައްކާ މިހިންގާ ހުދުމުހުތާރު ވެރިކަން. ރައްޔަތުން ފެލާއިގެން ހިންގާލާދީނީ ޤަބީލާއެށް މިއީ