ރާއްޖޭގެ މަސްވެރި ދޯނި ފަހަރުތަކަށް ހާއްސަކޮށް ރާއްޖޭގެ މެރިން އިކުއިޕްމެންޓްސް އިން ތައާރަފް ކުރި ރޭމެރިން ބްރޭންޑްގެ "ދޫނި ރާޑަރ" ނުވަތަ "ރޭމެރިން ސައިކްލޯން ރާޑަރ" އަކީ ގިނަ މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ޒަމާނީ ވަސީލަތެކެވެ.

މިއީ މަސް ދޯނި ފަހަރުތަކުގައި ބޭނުން ކުރާ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން، މުހިންމު އެއް ވަސީލަތެވެ. ދަތުރު ފަތުރުގެ ނިޒާމުގައި ވަރަށް ގިނަ ހިދުމަތްތައް އެއް ފަހަރާ ލިބިދޭ ރާޑަރަކީ ކޮންމެ މަސްވެރި އުޅަނދު ފަހަރަކަށްވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ.

އެގޮތުން މެރިން އިކުއިޕްމެންޓްސް އިން ރާއްޖެއަށް ތައާރަފް ކުރި ދޫނި ރާޑަރ ވެގެން ގޮސްފައި ވަނީ ވަށައިގެން 96 ނޯޓިކަލް މޭލު ފެނުމުގެ ގާބިލްކަން ލިބިފައިވާ އަދި "ދޫނީ މޯޑް"ގައި ވަށައިގެން 10 ނޯޓިކަލް މޭލު ބަލައިލެވޭނެ ރާޑަރަކަށެވެ.

މެރިން އިކުއިޕްމެންޓްސް އިން ރާއްޖެ ގެނެސް ވިއްކަމުން އަންނަ މި ރާޑަރަކީ ތިން އަހަރު ދުވަހުގެ ވޮރެންޓީއާއެކު ވިއްކަމުން އަންނަ ރާޑަރަކަށް ވާއިރު، މިއީ ދުނިޔޭގެ ފެންވަރުގެ އެވޯޑްވެސް ހޯދާފައިވާ އެެއްޗެކެވެ.

އެގޮތުން މެރިން އިކުއިޕްމެންޓްސް އިން މި ރާޑަރު ގަންނަ ނަމަ، ފިހާރައިން ދެ އަހަރު ދުވަހުގެ ވޮރެންޓީ ލިބޭއިރު، ރޭމެރިން ވެބްސައިޓްގައި ރެޖިސްޓަރ ކުރުމުން އިތުރު އަހަރަކާއެކު ޖުމްލަ ތިން އަހަރުގެ ވޮރެންޓީ ލިބޭނެއެވެ. އަދި މި ތިން އަހަރު ތެރޭގައި އޭގައި މައްސަލަ ޖެހިއްޖެނަމަ، އާ އެއްޗަކަށް ބަދަލުކޮށްދޭނެއެވެ.

މިހާރު ރާއްޖޭގެ ދެ މަސް ދޯންޏެއްގައި ޒަމާނީ މި ރާޑަރު ވަނީ ހަރުކޮށްފައެވެ. މިއާއެކު އެ ދެ ދޯނީގައިވެސް މަސައްކަތް ކުރާ މަސްވެރިންނަށް މަސަ ހޯދުމުގައި ބޮޑު ލުޔެއް ލިބިގެން ދާނެެއެވެ.

މި ރާޑަރާއެކު ދުރުމި އަޅައިގެން ކަނޑަށް ނުކުތުން ނިމުމަކަށް އަންނާނެއެވެ. އެގޮތުން ރާޑަރުގެ އެހީގައި ކަނޑު ދޫނިތައް ލޮކޭޓް ކުރެވޭނެއެވެ. އެހެންކަމުން ސީދާ މަސް އައިނު އުޅޭ ސަރަހައްދު އެނގި، ފަސޭހަކަމާއި އަވަސް ކަމާއެކު މަސްެވެރިންނަށް މަސް ލިބޭނެ ގޮތް ވާނެއެވެ. މީގެ ސަބަބުން ސީދާ ކަނޑަށް ނުކުންނަ މަގްސަދު ހާސިލްވެ، ތެލަށް ކުރާ ހަރަދުވެސް ކުޑަވަގެން ދާނެ ކަމަށް ބައެއް މަސްވެރި އުޅަނދުތަކުގެ ވެރިން ގަބޫލު ކުރެއެވެ.

މެރިން އިކުއިޕެންޓްސް އިން ރާއްޖެ އެތެރެކޮށް ވިއްކާ މި ޒަމާނީ ރާޑަރާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ނޫނީ ޕްރޮޑަކްޓް ގަންނަން ގުޅާނީ 3338820 އަށެވެ.

މެރިން އިކުއިޕްމެންޓްސް ފިހާރަ ހުންނާނީ މާލޭގެ ކަނބާ އައިސާރަނި ހިނގުން (ހިރިޔާ ސްކޫލް ކުރިމަތީ)ގައެވެ.