ޔޫއޭއީގެ ދުބާއީގެ ލޯ ބަޖެޓް އެއާލައިންއެއް ކަމަށްވާ، ފްލައި ދުބާއީން އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ދުބާއީ އާ ދެމެދު ދަތުރު ކުރަން ނިންމައިފިއެެވެ.

ފްލައި ދުބާއީން ދުބާއީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ދަތުރުތައް ފެށީ 2013 ވަނަ އަހަރު އެެވެ. އަދި އަންނަ އަހަރުން ފެށިގެން ގަމާއި ދެމެދު ދަތުރުތައް ފަށާއިރު، ހަފްތާއަކު 28 ފްލައިޓް ރާއްޖެ އާ ދެމެދު ބާއްވާނެ ކަމަށް ބުނެފައި ވެއެވެ.

ދުބާއީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދުގެ ދަތުރަކަށް ހޭދަވާނީ ހަތަރު ގަޑިއިރެވެ.

ގަަމަށް އޮޕަރޭޝަންތައް ފެށުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފްލައި ދުބާއީގެ ސިއީއޯ ޣައިތު އަލް ޣައިތު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނަށް ކޮންމެ ދުވަހަކު ދަތުރުތައް ފެށުމުން، ރާއްޖޭގެ ރީތިކަން ދެކިލުމަށް އިތުރު މަންޒިލްތައް ހިޔާރު ކުރުމުގެ އިތުރު ފުރުސަތުތައް ފަސިންޖަރުންނަށް ލިބިގެންދާނެ ކަމަށެވެ.

"މި އާ ހިދުމަތުގެ ސަބަބުން ދެކުނު އަތޮޅުތަކުގެ ރިސޯޓްތަކުގައި ތިބޭ މީހުންނަށް ދޯންޏަކުން ވިޔަސް ސީޕްލޭންގައި ވިޔަސް ދަތުރުކުރާ ވަގުތު ކުޑަވެގެންދާނެ ކަމަށް ގަބޫލު ކުރަނީ. ރާއްޖެއަކީ އަކީ ޔޫއޭއީ، ޖީސީސީ އަދި ސީއައިއެސްގެ މެދުގައި ޗުއްޓީ ހޭދަކުރުމުގައި އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި މި އޮތީ". އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، މި ދަތުރުގެ ސަބަބުން ޔޫރަޕާއި ގުޅުވާލެވޭނެ ކަމަށެވެ.

ފްލައި ދުބާއީ ޔޫއޭއީ އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއޭއެން) އާ ދެމެދު ދަތުރުކުރާ ފުރަތަމަ ޔޫއޭއީ ފްލައިޓެވެ.

އެ އެއާލާއިނުން އައްޑޫ އާއި ދެމެދު ދަތުރު ފަށަން ނިންމާފައި ވަނީ، ފަތުރުވެރިކަމުގެ ސީޒަނާއި ދިމާކޮށެވެ.

މިއީ އައްޑޫގެ ފަތުރުވެރިކަން ފުޅާ ކުރުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސެންބެ

    އިންތިހާބަށް ޖަހާ މަޅީ ނެހެއްލޭތި .ސްރިލަންކަން އެއަރލައިނަށް ވީ ކިހިނެއް .ވިސްނާތި އެމްޑީޕީ އަށް ވޯޓް ނުދޭތި އައްޑޫ މީހުނޭ .މިއީ ހަމަ ހައްލަން ވެގެން .ނުހެއްލޭތި ،

    15
    4
  2. ޝުފާޒް

    މިއޮތީ އިންތިޚާބައް އައްޑޫޓުއަރިޒަމް އަނެއްކާވެސް ގާއިމުވެފަ. ދެން އައްޑޫބާކީވެފާ އެއް ނޯންނާނެ.. އެހެންނުން ސޯލިހު.

    10
    2
  3. ހުސެން

    އިންތިހާބަށް ޖަހާ މަޅީ ނެހެއްލޭތި .ސްރިލަންކަން އެއަރލައިނަށް ވީ ކިހިނެއް . .މިއީ ހަމަ ހައްލަން ވެގެން .ނުހެއްލޭތި . މީ ހާދެ ހަޔާތް ކުޑަ ބައެއް.

  4. Anonymous

    "ލޯ ބަޖެޓް" އެއަރ ލައިނޭ ބުންޏަސް ދެކޮޅު ޓިކެޓްގެ އަގުގެ ތަފުސީލު ހާމަކޮށްފައިނުވާތީ މައުލޫމާތު ފުރިހަމަނުވޭ ނޫންތޯ؟؟

  5. މަވޯޓާ

    މާލޭ އެއަރ ޕޯޓް މިދެކޭ ތަރައްގީއަކީ 1998ގެ ފަހުން އައި ކަމެއް އޭރު އެއަރ ލަންކާގެ ބޯޓް ހުޅުލެއަށް ޖައްސާފަ 3 ދުވަހަށް އޮންނާނެ ދުވާލެއްގެ މައްޗަށް 3 ނުވަތަ 4 ބޯޓް ޖައްސަނީ ވީމާ އިދިކޮޅޮ ޙިޔާލު ފާޅުކުރުމަށްވުރެ ކަންވާގޮތެއް ބަލަން ތިބުންވެސް މާރަނގަޅު. ގޭން އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ކުރިއަރާނީ މަޑުމަޑުން

    4
    2
  6. ޙސހސ

    ތިޔައީ 2023 ގެ އިންތިހާބު ނިމެންދެން ކޮށްލާ ކަމެއް. ކުރިންވެސް އެއަރ ލައިންއަކުން އައްޑޫއަށް ދަތުރު ފެށި. އެކަމު ކޮބާތޯ އެއަރލައިން މިހާރު. ހުސް ގުނބޯ.