ހަމަ ޔަގީނުން ވެސް އިންޑޮމިލްކޭ ބުނުމުން އެއީ ކޯންޗެއްކަން ނޭނގޭ މީހުން އަހަރެމެންގެ ތެރޭގައި ވަރަށް މަދުވާނެއެވެ. މިއަދުގެ ގިނަ ޒުވާނުންގެ އެންމެ ފޮނިހަދާންތައް ކަމަށްވާ ސްކޫލު ދައުރުގެ މަޖާ ދުވަސްތަށް ވެސް ވަނީ އިންޑޯ މިލްކާ ގުޅިފައެވެ. އަދި މިހާރުވެސް ގިނަ ކުދިންގެ ފޭވަރިޓަކަށް އިންޑޯމިލްކް ވަނީ ވެފައެވެ. އޭގެ ސަބަބުތައް ވެސް ބައިވަރެވެ. އަގުހެޔޮވެފައި މީރެވެ. އެހެންވެގިނަ ކުދިން އިންޓަވަލްއަށް ގަންނަ ބުއިމަކަށް ވަނީ އިންޑޯ މިލްކްކަން ޔަގީނެވެ.

އިންޑޯމިލްކް ރާއްޖެ، އެތެރެކޮށް މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަނީ އެމްޔޫ ސްޓޯރުންނެވެ. އެމްޔޫ ސްޓޯރަކީ އަބަދުވެސް ދިވެހިންނާއި ގުޅިފައިވާ މިފަދަ ޕްރޮޑަކްޓްތައް ރާއްޖެ އެތެރެކޮށް، މާކެޓް ކުރުމުގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

އެމްޔޫ ސްޓޯރ އިން ރާއްޖެއަށް އިންޑޯމިލްކްގެ ދެ ސައިޒެއްގެ، ތިން ފްލޭވާއެއްގެ ޕެކެޓް އެތެރެކޮށް ވިއްކައެވެ. އެގޮތުން ޗޮކްލެޓް، ވެނީލާ އަދި ސްޓޯބެރީ ރާއްޖެ ގެނެސް ވިއްކަމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ 180 އެމްއެލް ޕެކެޓާއި، 115 އެމްއެލް ޕެކެޓެވެ.

އިންޑޯމިލްކް އަކީ ހައި ޓެމްޕަރޭޗަރ ޝޯޓް ޓައިމް (އެޗްޓީއެސްޓީ) ސްޓެރިލައިޒޭޝަން މަރުހަލާގައި ޕްރޮސެސްކޮށްފައިވާ ވަގުތުން ބޯލެވޭ ބުއިމެކެެވެ.

އިންޑޯމިލްކް ޔޫއެޗްޓީއަކީ ތާޒާ ކިރު ބޭނުންކޮށްގެން ތައްޔާރުކުރާ ބުއިމެކެވެ. އެހެންކަމުން މިއީ އާއިލާގެ ކޮންމެ މެންބަރަކަށްވެސް ބޯލެވޭނެ ބެލެންސް ނިއުޓްރިޝަން އެކުލެވިގެންވާ ބުއިމެކެވެ.

އިންޑޯމިލްކް ވެފައި ވަނީ ބައެއް ޒުވާނުންވެސް އޮފީސް ބްރޭކް ގަޑީގައިވެސް، ހެދިކާއެއް ނޫނީ އެހެން ކޮންމެވެސް އެއްޗަކާއެކުވެސް ބޯލާ ބުއިމަކަށްވަނީ ވެފައެވެ. އެހެންކަމުން މިއީ ހަމައެކަނި ކުަޑަކުދިންގެ މެދުގައި މަގުބޫލުބުއިމެއް ނޫންކަންވެސް ފާހަގަކޮށްލެވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އިންޑޯމިލްކް އާއްމުންނަށް ލިބޭތާ މިހާރު 30 އަހަރުވެފައިވާއިރު، މިއީ ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދޭ ބްރޭންޑެއްގެގޮތުގައި އަގުވަޒަންކޮށްފައިވާ ބްރޭންޑެއްކަންވެސް ފާހަގަކޮށްލެވެއެވެ.

އިންޑޯމިލްކް ޗޮކްލެޓް

އިންޑޯމިލްކް ޗޮކްލެޓް ފްލޭވާއަކީ ޑައިޓްގެ ތެރެއަށް "ޑެއިރީ ގުޑްނެސް" ގެނައުމަށްވަރަށް ފަސޭހަ ބުއިމެކެވެ. މިއީ ކްރީމީ، އަދި މީރު ޗޮކްލެޓް ރަހައެއް ހުންނަބުއިމެކެވެ.

އިންޑޯމިލްކް ސްޓްރޯބެރީ

އިންޑޯމިލްކް ސްޓްރޯބެރީގައި ލާނީ އަސްލު ސްޓްރޯބެރީ ރަހައެެވެ. މިއީބާޒާރުގައި ހުންނަ އެހެން ސްޓްރޯބެރީ ކިރު ޕެކެޓްތަކާއި އަޅާ ކިޔާއިރު، ވަރަށްމީރު އަދި ތަފާތު ރަހައެއް އެކުލެވިގެންވާ ވައްތަރެކެވެ.

އިންޑޯމިލްކް ވެނީލާ

އިންޑޯމިލްކްގެ ވެނީލާގައި ތަފާތު ރަހައެއް އެކުލެވިގެންވާއިރު، މިއީ މި ވައްތަރުގިނަބަޔަކު ގަންނަ ސަބަބެވެ. މިއީ ދުވަހުގެ ކޮންމެ ވަގުތެއްގައި ބޯލަންވެސްރަނގަޅު، މުޅި މީހާ ހޭލައްވާލަ ދޭނެ އިންޑޯމިލްކްގެ ވައްތަރެކެވެ.

އިންޑޮމިލްކް ކިޑްސް

އިންޑޯމިލްކް ކިޑްސް އަކީ ކެލްސިއަމް، ޕްރޮޓީން، ވިޓަމިން އޭ، ބީ3 އަދި ޑީ3 ފަދަމުހިންމު ނިއުޓްރިއެންޓްސް އިން އެކުލެވިގެންވާ ތުއްތު ކުދިންނަށް ފައިދާ ހުރިބުއިމެކެެވެ. އެހެންކަމުން އެ ކުދިން ބަނޑުހައިވެފައި ހުންނަ ވަގުތެއްގައި މިފަދަބުއިމެއް ބޯލުމުން ބަނޑުހައިކަން ފިލުވާލަ ދޭނެއެވެ. އިންޑޯމިލްކް ކިޑްސްގެ ތިންފްލޭވާއެއްގެ ބުއިންތައް ލިބޭއިރު، އެއީ ޗޮކްލެޓާއި ވެނީލާ އަދި ސްޓްރޯބެރީ އެވެ.