ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޭން ފެށި އެކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އަލުން ހުޅުވާލާފައި ކަމަށެވެ. އެގޮތުން ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިއުންތަކާއެކު [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 7 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު މި ލޯނަށް ކަނޑައެޅިފައިވަނީ 6% ގެ ކުޑަ އިންޓްރެސްޓް ރޭޓެކެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ. އީއައިބީ ކޮވިޑް ރިލީފް ލޯނު އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ފަރާތްތަކަށް މި ލޯނަށް ޝަރުތު ހަމައެއް ނުވާނެއެވެ.

މި ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 30 ނޮވެމްބަރު 2022 އާ ހަމަޔަށް ވަނީ ހުޅުވާލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަބޭ

    ރިބާ ހިމެނޭ އެއްވެސް ލޯނެއް ނުނަގާނަން އިންޝާﷲ. އިސްލާމީ ޝަރުޢީ ފައިސާގެ އެހީއެއް ލިބޭނެގޮތެއް އިސްލާމީ ސަރުކާރުން ހައްދަވައިދެއްވިއްޔާ ވަރަށް ރަނގަޅު

    12