ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގައި ވަޒީފާއާއި އިންޓާންޝިޕްގެ ރަނުގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ހުޅުވާލި ފުުރުސަތުތަކުގެ ތެރޭގައި ފާމަސީ އެސިސްޓެންްޓްގެ ވަޒީފާއާއި އަދި މެކޭނިކަލް އެސިސްޓެންޓްގެ ވަޒީފާ ހިމެނެ އެވެ.

ފާމަސީގެ ވަޒީފާތަކަށް ބަލާލާއިރު ގދ.، ރަތަފަންދޫއާއި އއ. ތޮއްޑޫގެ އިތުރުން މާލެއާއި ހުޅުމާލޭގައި ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ވަނީ ހުޅުވާލައިފައެވެ.

ސެންޓްރަލް ޕާކްގައި ކުރިއަށް ނެޝެނަލް ސްކިލްސް އެންޑް އެކްސްޕޯގައި އެސްޓީއޯ ސްޓޯލް - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އެސްޓީއޯގެ ޓެލެންޓް އެކުއިޒިޝަންގެ މެނޭޖަރު ހައްވާ އިހުސާނާ ވިދާޅުވީ އެ ކުންފުންޏަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ފާމަސީއާ ގުޅޭ ވަޒީފާތައް ކަމަށެވެ. އެއީ އެސްޓީއޯއިން ދަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފާމަސީތައް ގާއިމްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

އޭގެ އިތުރުން އިންޓާންޝިޕްތައް ހަދަން ބޭނުންވާ ކުދިންނަށް ވެސް އެސްޓީއޯގައި އެފަދަ ފުރުސަތުތައް އެބަ އޮތް ކަމަށް ހައްވާ ވިދާޅުވި އެވެ.

އެގޮތުން އެޑްމިނިސްޓްރޭޓިވް އަދި ފައިނޭންސްގެ ދާއިރާތަކުން އިންޓާންޝިޕް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށް ނެޝެނަލް ސްކިލްސް އެންޑް އެކްސްޕޯގައި އެސްޓީއޯއިން ބައިވެރިވެފައިވާ އިރު އެ ތަނުގައި ހުރި އެސްޓީއޯގެ ސްޓޯލުން ވަޒީފާތަކާއި އަދި އިންޓާންޝިޕްއާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ އެވެ. އެ އެކްސްޕޯ މާދަމާ ހަވީރު ހަތަރަކުން ރޭގަނޑު 12 އަށް ކުރިއަށް ދާނެ އެވެ،

ކިޔުންތެރިންގެ ހިޔާލު