މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (މީރާ) އިން އެޗްޑީސީގެ ސްމާޓްކޮމް ފެއާގައި ބައިވެރިވެއްޖެއެވެ.

މީރާގެ ޓެސްޕޭ ފެސިލިޓޭޝަންގެ ޑެޕިއުޓީ މެނޭޖަރު މަރިޔަމް އާދަމް ވިދާޅުވީ މީރާގެ ސްޓޯލުން ކިޔާދޭނީ މިރާއިން ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ކަމަށެވެ.

"މީރާއިން މިހާރު އޮންލައިން ފޯޓަލް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ ގޮތާއި، މިރާ ކަނެކްޓް އަދި ވާރު ޕޭ. މިރާގެ މޯބައިލް އެޕްލިކޭޝަން ވާރުޕޭ އަދި ވެބްސައިޓް މެދުވެރިކޮށް ވާރު ޕޭ ބޭނުންކޮށްލެވޭނެ. ވާރު ޕޭ ބޭނުންކުރާނެ ވަރަށް ގިނަ ފީތައް ދެއްކުމަށް . މިހާރު ކައުންޓަރަށް އައިސްދައްކާ ހުރިހާ ފީއެް ވާރުޕޭ މެދުވެރިކޮށް ދައްކާލެވޭނެ ." މަރިޔަމް އާދަމް ވިދާޅުވި އެވެ.

އެޗްޑީސީގެ ސްމާޓް ކޮމް ފެއާގެ ތެރެއިން
—- ފޮޓޯ: ވަގުތު

މަރިޔަމް ވިދާޅުވީ މީރާއިން ޖެނުއަރީ އެކަކުން ފެށިގެން ޖީއެސްޓީ ރޭޓް ބަދަލުވުމާއި ގުޅިގެން މައުލޫމާތުގެ ވެސް ސްޓޯލުން ހިއްސާ ކުރާނެ ކަމަށެވެ.

އަދި މީރާގެ ސްޓޯލްގައި ކުޑަކުދިނަށް ހާއްސަ ގޭމެއްވެސް ކުރިއަށްގެންދާނެ ކަން ފާހަގަކުރި އެވެ. އެގޮތުން އެ އިދާރާއިން ދޭ ހިދުމަތްތަކާއި ގުޅޭގޮތުން ސުވާލުކޮށް ޖަވާބު ރަނގަޅުވެއްޖެ ނަމަ އިމާނު ދޭނެ ކަމަށެވެ. އެ ގޭމްގެ އަމާޒަކީ ބެލެނިވެރިންނަށް މައުލޫމާތު އެނގޭ މިންވަރު ދެނެގަތުން ކަމަށް ވިދާޅުވި އެވެ.

ސްމާޓްކޮމް ފެއާ މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންގޮސްފައިވާއިރު، ރޭގަނޑު 20:00 އިން 22:00 އަށް ވެސް މި ފެއާ ކުރިއަށް ދާނެއެވެ. މި ފެއާ ކުރިއަށް ދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.