ދިރާގާއި ހޯޕް ފޯ ވިމެން އެންޖީއޯ ގުޅިގެން ބައިނަލްއަގުވާމީ #16DaysOfActivism ކެމްޕެއިން ފާހަގަކުރުމުގެ ގޮތުން ޖެންޑަރ އެޑްވޮކަސީ ވާރކްޝޮޕެއް ބާއްވާއިފިއެވެ.

ދިރާގުން ބުނީ، މި ވޯކްޝޮޕް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސީއެސްއޯތަކާއި އެސްއޯއީތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ފަރުދުންނަށް ކަމަށެވެ.

މި ވާރކްޝޮޕްގެ މައިގަނޑު މަގުސަދަކީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލައި ގެވެށި އަނިޔާއާއި މިންތީގެ ގޮތުން ދެވޭ އަނިޔާ ހުއްޓުވުމަށް އެއްބާރުލުންދިނުން ކަމަށް ދިރާގުން ބުނެފައި ވެއެވެ. މިގޮތުން ޖެންޑަރ ކޮންސެޕްޓްތަކާއި ޖެންޑަރ މެއިންސްޓްރީމިންގއާއި މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކުގެ އިތުރުން މިންތީގެ ތަފާތުކުރުމާއި ދެކޮޅަށް ވަކާލާތުކުކުރުމުގެ ހަރުދަނާ ގޮތްތަކާއި ހޭލުންތެރިކަން އިތުރުކޮށް ޤައުމީ ފެންވަރުގައި ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

"މި ޖެންޑަރ އެޑްވޮކަސީ ވާރކްޝޮޕް ކުރިއަށް ގެންދިއުމަށް ދިރާގުން އަޅުގަނޑުމެންނާއި ގުޅިގެން މަސައްކަތް ކުރި ކަމަށްޓަކައި ޝުކުރު ދަންނަވަން. ވަކިން ހާއްސަކޮށް އަންހެނުންނަށް ކުރާ އަނިޔާ ތައް ހުއްޓުވުމަށް ކޮންމެ އަހަރަކުވެސް ފާހަގަކުރާ #16DaysOfActivism ކެމްޕެއިނާއި ގުޅިގެން މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަކީ ވަރަށް މުނާސަބުކަމެއް. އޮފީސްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން އާންމުންވެސް، މުޖުތަމައުގައި ހިނގާ މިންތީގެ ތަފާތުކުރުމާއި މައްސަލަތަކައި ބެހޭ ގޮތުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވެ، އެކަންކަން ހައްލުކުރުމަށް ވަކާލާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،"ހޯޕް ފޯ ވިމެންގެ ޗެއާރޕާސަން، އަހްމަދު އަންވަރު ވިދާޅުވިއެވެ.

ހޯޕް ފޯ ވިމެންއަކީ 2010 ވަނަ އަހަރުން ފެށިގެން އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާތައް ހުއްޓާލައި، މިންތީގެ ހަމަހަމަކަމާއި އާންމު ދިރިއުޅުމުގައި އަންހެނުންގެ ބައިވެރިވުން ކުރިއެރުވުމަށް މަސައްކަތްު ކުރާ ޖަމިއްޔާއެކެވެ. މިގޮތުން ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ހޯޕް ފޯ ވިމެންއިން ވަނީ އެކިއެކި ވަކާލާތުކުރުމާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މި ވަރކްޝޮޕޕްތަކުގެ ސެޝަންސް ތައް ކުރިއަށްގެންގޮސްފައިވަނީ އެ ޖަމިއްޔާގެ ހޯޕް އިންސްޓިޓިއުޓް ފޮރ ރިސާޗް އެންޑް ޓްރެއިނިންގގެ ފަރާތުންނެވެ.

"#16DaysOfActivism ގެ ދަށުން ހޯޕް ފޯ ވިމެންއާއިއެކު މި މުހިންމު ޖެންޑަރ އެޑްވޮކަސީ ވޯކްޝޮޕަށް އެއްބާރުލުންދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިގޮތުން އެކި ދާއިރާތަކުގެ އެކި ބޭފުޅުން އެއް މަޤްސަދެއްގައި މި ވޯކްޝޮޕްގައި ބައިވެރިވަޑައިގެންކަމީ، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް." ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިއެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ވަނީ އެކުންފުނީގެ ޖެންޑާ އެކްޝަން ޕްލޭންގައި އިސްކަންދޭ މައިގަޑު ދާއިރާތަކުގެ މައުލޫމާތު މުވައްޒަފުންނާއި އާންމުންނާއި ހިއްސާކޮށްފައިއެވެ. މިގޮތުން ހަމަހަމަ ފުރުސަތުތައް ފަހިކުރުމާއި މަސައްކަތުގެ މާހައުލަށް އިސްކަންދިނުމާއި ޚާއްސަކޮށް ޓެކްނިކަލް ދާއިރާތަކުގައި އަންހެނުން ކުރިއެރުވުން ހިމެނެއެވެ.ދިރާގުން އަންނަނީ އެ ކުންފުނީގެ ކކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީޕްރޮގްރާމްތަކުގެ ދަށުން އަންހެނުންނަށް ހިތްވަރުދީ ބާރުވެރިކުރުމުގެ ހަރަކާތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާދީނީ އައުޓް

    ދިރާގައްވެސް އިނގުނީ މިލާދީނީ ބައިގަނޑާއި އެކުވާންދޯ؟ ހުތުބާގަވެސް ކީފަދައިން ލާރި ލިބެންޏާ ކޯންމެ ކަމެއްކުރަންވެސް ތައްޔާރު