މީރުވަސް ދުވާ އޮރިޖިނަލް ސެންޓް މާލެ އެތެރެކޮށް ވިއްކަމުން އަންނަ ލެ ފްރެގެރެންސް އިން ވޯލްޑްކަޕް 2022ގެ ފައިނަލް މެޗާއި ދިމާކޮށް ހިލޭ ސެންޓް ފުޅިއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ގ.ހާފްސީ، ކޮއިމަލާ ހިނގުން(ގަލޮޅު ވީބީމާޓް/އިސްހާން ފިހާރަ ގޯޅި)ގައި އިންނަ ލެ ފްރެގެރެންސް ފިހާރައިން މީރުވަސް ދުވާ އެތައް ވައްތަރެއްގެ ބްރޭންޑެޑް ސެންޓް ލިބެން ހުންނާނެއެވެ. އަދި އެ ފިހާރައިން ރަނގަޅު އަގެއްގައި ސެންޓް ލިބެން ހުންނައިރު، ހިލޭ ޑެލިވަރީ ހިދުމަތްވެސް ދެއެވެ.

ލެ ފްރެގެރެންސް އިން މައުލޫމާތުދޭގޮތުގައި މިރޭ އޮންނަ ވޯލްޑްކަޕް ފައިނަލް މެޗްގެ ސްކޯ ދިމާކޮށްގެން ޑަންހިލް އައިކޯން 100އެމްއެލްގެ ސެންޓްފުޅިއެއް ހޯދުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އެބަ އޮތެވެ.

މި ޝެއާ އެންޑް ވިން ޕްރޮމޯޝަންގައި ޖެހޭނީ ލެ ފްރެގެރެންސްގެ ފޭސްބުކްގައި ޖަހާފައިވާ އެ ޕްރޮމޯޝަނަށް ހާއްސަ ޕޯސްޓަށް އެ މީހަކަށް ހީވާ ސްކޯއެއް ކޮމެންޓް ކުރާށެވެ.

އޭގެ ތެރެއިން ރަނގަޅު ސްކޯ ދިމާ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަށް މި ސެންޓްފުޅި ލިބިގެން ދާނެއެވެ.

މިރޭ އޮންނަ ފައިނަލް މެޗްގައި ކުޅޭނީ އާޖެންޓީނާ އާއި ފްރާންސްއެވެ.

ލެ ފްރެގެރެންސް ފިހާރައަށް ބަލާއިރު ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ސެންޓް ލިބޭނެއެވެ. އޭގެ ތެރޭގައި ޑިއޯ، ޝެނާލް، ޖިއޮޖިއޯ އަރްމާނީ، ބާބެރީ، ވަސާޗީ، މޮންޓް ބްލޯންކް، ޕާކޯ ރަބާނޭ، ޑޭވިޑް އޮފް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އެންމެ ފަހުގެ އޮރިޖިނަލް ސެންޓްތައް ހިމެނެއެވެ. އަދި ޕާފިއުމް ގިފްޓްސެޓްވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ.

މި ފިހާރައިން ސެންޓަށް އޯޑަރު ކުރުމަށް 7775723 ނުވަތަ 7951918 އަށް ގުޅާލާށެެވެ.