ހިތާނީ މޫސުމަށް ޚާއްސަކޮށް އޮންލައިން ވިޔަފާރި "ސާ ކަލެކްޝަން" އިން ޚާއްސަ ޕެކޭޖްތަކެއް ވިއްކަން ފަށައިފިއެވެ.

ސާ ކަލެކްޝަންއަކީ ގިނަ ބާވަތް ތަކެއްގެ މުދާ އަގުހެޔޮކޮށް ވިއްކަމުންދާ އޮންލައިން ވިޔަފާރިއެކެވެ.

ސާ ކަލެކްޝަންގެ ވެރިޔާ އަގްލީމާ އިބްރާހިމް "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އެ ވިޔަފާރީގެ އަމާޒަކީ ހިތާނީ މޫސުމަށް ޚާއްސަކޮށް ބެލެނެވެރިންނަށް އަގުހެޔޮކޮށް ގިނަ ސާމާނުތަކެއް ލިބޭނެ މަގު ފަހިކޮށް ދިނުން ކަމަށެވެ.

ހިތާނީ މޫސުމަށް ބޭނުންވާ ސާމާނު އެންމެ އަގުހެޔޮކޮށް "ސާ ކަލެކްޝަން" އިން

އެގޮތުން ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު ދެ ޕެކޭޖަކަށް ވިއްކަމުންދާއިރު ޕެކޭޖެއްގެ އަގަކީ -/750 ރުފިޔާއެވެ.

ހިތާނީ މޫސުމަށް ބޭނުންވާ ސާމާނު އެންމެ އަގުހެޔޮކޮށް "ސާ ކަލެކްޝަން" އިން

މީގެ އިތުރުން 28 ފޫޓުގެ ބޮކި ފަތި 150 ރުފިޔާއަށް ވިއްކާއިރު ޑިސްކޯ ބޮކި ވިއްކަނީ ވެސް 150 ރުފިޔާއަށެވެ. ޑިސްކޯ ބޮތްކާއެކު 3 މީޓަރުގެ ނަރު އަދި ހޯލްޑަރާއި، ކަނެކްޓަރެއްވެސް ހިމެނޭނެ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

ޑިސެމްބަރު މަހު ލިބޭ ޗުއްޓީއަކީ ގިނަ ކުދިން ތަކެއް ހިތާނު ކުރާ ޗުއްޓީއެކެވެ. ރާއްޖޭގައި ހިތާނުކުރުމާއެކު ދަރިފުޅުގެ ހިތްހަމަ ޖެހުމަށް ތަން ޒީނަތްތެރިކޮށް، ގިނަ ހަރަކާތްތަކެއް ބާއްވައެވެ.