މާލެ އަތޮޅު ގިރާވަރު އޮންނަ ފަޅު ހިއްކައިގެން މީހުން ދިރިއުޅޭ ސިޓީއެއް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ނ.އަތޮޅުގެ ފަޅެއް ވިއްކާލައިފިއެވެ.

ގިރާވަރު ފަޅު ހިއްކައިގެން އެ ތަނުން ގޯތި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދަން ގިރާވަރު ފަޅުގައި "ރެސިޑެންޝަލް ސިޓީއެއް" އެއް ހަދަން ރައީސް ވަނީ ގަރާރެއް ނެރުއްވާ މި މަޝްރޫއު އަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅުއްވާފައެވެ.

މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ނ. އަތޮޅު ފަޅެއް ވިއްކާލައިގެން ގިރާވަރު ފަޅު ތަރައްގީ ކުރަން 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ހޯދާފަ އެވެ. އެނގިފައިވާ ގޮތުގައި ކްރޮސް ސަބްސިޑީ އުސޫލުން ގިރާވަރު ފަޅު ތަރައްގީ ކުރަން ހަވާލުވެފައިވާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނި، އެމްއެފްއެމްސީން ހޯދި މި ފައިސާއަކީ މި މަޝްރޫގެ އިކުއިޓީއަށް ބޭނުންވާ ފައިސާ އެވެ. މި ފައިސާގެ ތެރޭން ހަ މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ވަނީ މިހާތަނަށް ލިބިފަ އެވެ.

ގިރާވަރު ފަޅު، "ރެސިޑެންޝަލް ސިޓީ" އެއްގެ ގޮތުގައި ތަރައްގީ ކުރަން ރައީސް ސޯލިހު ނެރުވާފައިވާ ގަރާރުގައި، އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ދައުލަތުގެ މަން ފާއަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދޫކުރުން ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވަނީ ގިރާވަރުފަޅު ހިއްކައިގެން އެ ތަނުން ގޯތި ދޫކުރަން ނިންމާފައިވާކަން އިއުލާން ކުރައްވާފަ އެވެ. އެގޮތުން އެ ތަނުން މަދުވެގެން 2000 ގޯތި މާލެ ރަށްވެހިންނަށް ދޫކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ތިލަމާލެ ބްރިޖާ އެ ފަޅު ގުޅުވާލާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ވެސް ވަނީ ގިރާވަރުފަޅު ހިއްކައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައެވެ. ޔާމީން ނިންމެވީ 2018 ވަނަ އަހަރުގެ އިންތިހާބަށް ފަހު އެމަޝްރޫއު ކުރިއަށް ގެންދާށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުހައްމަދު

    މިއީ 5މިލިއަން ޑޮލަރު ސަރުކާރެއްތަ؟ ކޯޓުން ހުކުމެއް ޖެހިއަސް 5މިލިއަން ޑޮލަރު. އިންވެސްޓްމެންޓެއް ކުރިއަސް ސެކިއުރިޓީ ގޮތުގަ 5މިލިއަން ޑޮލަރު. އަޅެ ނަމުން ސޯލިހު ރައީސް ކީއްކުރަން ހޯއްދަވާ 5މިލިއަން ޑޮލަރެއް ތޯ؟

    16
    2
  2. ހެޔޮނުވާނެއޭ

    އެމްޑީޕީގެ ވެރިކަމަކީ އެއީ މުޅި ގައުމުގައި ވައްކަމާއި ފަސާދަ އާއި ލާދީނީ ކަންކަން އިންތިހާ އަށް އިތުރު ވެގެންދާ ވެރިކަމެކޭ މުޅި މާލޭގެ ބޮޑެތި މަގުތަކުގައި ހުސް ސަލާމް ޖަހާ މީހުން އެތަން ފެންނަނީ އެއް ނޫނޭ ރައީސް އިބޫ އަށް މުޅި މާލޭގެ މަގުތަކުގައި އަޅާ ފައި ހުރި ޕޭވްމެންޓް ގާތައް ވެސް ނަގާ އިންޑިއާ އަށް ވިއްކާލާ ޗަކަސް މަގުތަކުގައި ރައްޔިތުންނަށް ދުއްވަން މަޖްބޫރުކޮށްފިއޭ މީހެޔޮ ވެރިކަމެއް ނޫނޭ މީ ބަލާވެރިކަމެކޭ މިވެރިކަން ނުވާނެއޭ ގެންނަން ދެން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ

    8
    1
  3. Anonymous

    ރައީސް އިބޫ އަށް ކެރޭނެތަ ތިފައިސާއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދޭން؟

    13
    1
  4. ހުސޭނުބޭ

    އިންތިޚާބަށް ފަހު ތި 22 މިލިއަން ޑޮލަރަށް ވީގޮތެއްވެސް ނޭގޭނެ. ދުމަށް އަރައިގެ ޒީރޯ ޓޮލަރެންސަށް ވެގެން ހިމގާދާނެ

    16
    2
  5. ޔަޥީ

    މޯޑިސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނޭ..؟ ދައުލަތުގެ ފަޅުތަށް ވިއްކާފަ އެ ކުނފުންޏަށް ލާރި ދެވޭނީ ކޮން ގާނޫނެއްގެ ކޮން ގަވައިދަކުން ބާރު ލިބިގެންތަ. ފަޅުފަޅާއި ރަށްތަށް ދޫކުރެވޭނީ ކައުންސިލްތަކުންނެއް ނުން.؟ ް

    14
    1
  6. Anonymous

    ސާބަހޭ މި ރާއްޖޭގައި އެންމެ ހުސް ފަޅެއްވެސް ނުބާއްވާތި.

    9
    1
  7. Anonymous

    ދުނިޔޭގެ ބޮޑެތި ދަޢުލަތްތަކާ ހަވާލުކޮއްލާ ފަޅުތަައްވެސް.

  8. ރައް

    ކަޓް ބައި %80 އޮންނާނެ

  9. Anonymous

    ތިޔަހެން ލިބޭ ޑޮލަރެއް ނޯވެ ރާއްޖޭގެ ރިޒާވް ދަށައްގޮސް ދަރަނިވެރިވެފަ އޮތްތަން ފެންނަނީ ، ބޮޑުންގެ އަނބޮޑި ފުރިބާރުވާތަން ދެން ފެންނާނީ.

    11
  10. ރަން

    ގައުމު ދަރުވާލާފައި ގައްދާރުންތައް ފިލަން ރެޑީ ވަނީ.. ރަށްަތަކާއި ފަޅުތައް ވިއްކާލުމަށް ފަހު އިނގޭތޯ..

  11. ބިންސަލްމާން

    ފާފު ވިއްކަނީއޭ ކިޔާ ފުމުނު ބައިގަނޑު ތީ

  12. ނަން

    އެހެންވީމަ ތިތަނުން ގޯތި ދޭންވާނީ ނޫނު އަތޮޅު މީހުނަށް. ނަސީދުގެ މާލޭ މީހުންގެ ބިމަކަށް ވާނީ އެންމެ ފަހުން.