ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދަމުންދާ އައު ކާގޯ ޓާރމިނަލްގެ "ފިޓްއައުޓް" މަސައްކަތްތަކެއް ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

އެމްއޭސީއެލް އިން ކުރި އިއުލާނެއްގައި ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ކާރގޯ ޓާރމިނަލްއަށް ބޭނުންވާ "ފިޓްއައުޓް" މަސައްކަތްތަކެއް އެމްއޭސީއެލް އިން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށެވެ.

ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ގްލާސް ޕެނަލް ހަރުކުރުން، ފާރު ތަޅާލުން، ކޭޝިޔަރ ވިންޑޯ އަދި ކައުންޓަރ ޓޮޕް ހަރުކުރުން، ފެބްރިކޭޓް ކުރުން، ޕާޓިޝަންޖެހުން، ފިކްސްޗަރ ހެދުމާއި ހަރުކުރުން، ރޯލާ ޝަޓަރ ހަރުކުރުން، ޑްރައިވޯލް ފިކްސްކުރުން، ކޭބަލް އާއި ސޮކެޓްއެޅުން، ލައިޓްހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބުރުވަރީ 2 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުމަށް އިއުލާންގައި ވަނީ އެދިފައވެެ.

އިއުލާންގައި ބުނީ ކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279، ފެކްސް 3331772، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.

މިހާރު ވީއައިއޭގެ ކާގޯ ޓާމިނަލްގައި އަހަރަކު 50،000 ޓަނުގެ މުދާ ހޭންޑްލް ކުރެއެވެ. ނަމަވެސް އާ ކާގޯ ޓާމިނަލް އާއެކު މިއަދަދު 120،000 ޓަނަށް އިތުރު ވާނެކަމަށް އެމްއޭސީއެލްއިން ލަފާކުރެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތް ފެށި ކާގޯ ޓާމިނަލްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތް ވެފައެވެ.