ޒަމާނީ ފަރުނީޗަރާއެކު ގެއަށް އިތުރު ފުރިހަމަ ކަމެއް ލިބެއެވެ. ހާއްސަކޮށް ކޮލެޓީ އާއި ރީތިކަމާއެކު، ގޭގައި އުޅޭ މީހުންނަށްވެސް އިތުރު ހިތްހަމަ ޖެހުމެއް ލިބެއެވެ. މިފަދަ ފަރުނީޗަރު ބޭނުންވާނަމަ ހިޔާރު ކުރަންވީ ފުޅާ ދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރި ކުރަމުން އަންނަ "އެވޮން" އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުޅުމާލެ ރަބަރުގަސް މަގު (ރެހެންދި ސްކޫލް ފުރަގަހުގައި) ހިންގަމުން އަންނަ މި ފިހާރައަކީ އެންމެ ޒަމާނީ ފަރުނީޗަރު ލިބެން ހުންނަ ފިހާރައެކެވެ.

މި ފިހާރައަކީ ގެއަށް ޝާހީކަން ގެނެސްދޭ ފެންވަރުގެ ފަރުނީޗަރު ހެޔޮ އަގެއްގައި ވިއްކަން ހުންނަ ފިހާރައެކެވެ. އޭގެ ތެރޭގައި އެނދާއި، ގޮދަޑި އާއި ސޯފާ، ކާމޭޒާއި، ގޮނޑި ފާހަގަކޮށްލެެެވެއެވެ.

މީގެ އިތުރުން، މި ފިހާރައިން ވަނީ މިރަރ ފަރުނީޗަރުވެސް ގެނެސްފައެވެ. އޭގެ ތެރޭގައި ބެޑްސައިޑް ޓޭބަލާއި އާއި ޗެސްޓް ޑްރޯވާސް އާއި ޑްރެސިންގ ޓޭބަލް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން މި ފިހާރައިން ޑެކޮރޭޓިވް މިރަރ އާއި އެކި ޑިޒައިންތަކުގެ ކޮލެޓީ ވޯލްޕޭޕާސް އާއި ވޯލްޕެނަލްސް ލިބެން ހުންނާނެ އެވެ.

އެވޮން ފިހާރައިން، ސްޓޯރޭޖް އެނދުވެސް ލިބެން ހުންނާނެ އެވެ. މި އެނދުގެ ވައްތަރުތަކަކީ އެނދު ދަށަށް އެއްޗެހި ލެވޭ ގޮތަށް ފަރުމާކޮށްފައިވާ މޮޅު އެނދެކެވެ.

"ސްޓޯރޭޖް އެނދަކީ މާލެ ފަދަ ކުޑަކުޑަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ އެނދުތަކެއް، މި އެނދުގެ ދަށަށް ލެވޭނެ ލަގެޖް ފަދަ އެއްޗެހި، އެހެންވުމުން ކޮޓަރީގެ ޖާގަ ނުގެއްލި ރީތިކަންވެސް ނުގެއްލޭނެ" އެވޮން ފިހާރައިން ބުންޏެވެ.

އެވޮން ފިހާރައިން ބުނިގޮތިގައި، މި ފިހާރައިން ވަނީ އާ ވައްތަރެއްގެ އެނދެއް ރާއްޖެއަށް ތައާރަފްކޮށްފައެވެ. މިއީ ގޮދަޑީގައި ބެޑިންގސް އަޅާއިރު، ފަސޭހައިން ގޮދަޑި އަޅާބައި ހިއްލާލައި ބެޑިންގްސް އަޅާލެވޭނެ ވައްތަރެކެވެ. މިއެނދުގެ ގޮދަޑި މޭމައްޗާއި ހިސާބަށް ހިއްލާ ލެވޭނެއެވެ.

"މިއީ ރާއްޖެއަށް މުޅިން އާ ވައްތަރެއް އެނދުތަކެއްކަން ފާހަގަކޮށްލަން." މި ފިހާރައިން ބުންޏެވެ.

އެވޮން އިން ލިބެން ހުންނަ ފަރުނީޗަރުގެ އެކި ވައްތަރުތަކުގެ އެންމެ ފަހުގެ މައުލޫމާތު އިންސްޓަގްރާމް ޕޭޖް އިން ބަލާލެވޭނެއެވެ.

 

View this post on Instagram

 

A post shared by AWON (@awon.mv)

ޒަމާނީ، ޝަހީ ގެއަކަށް ބޭނުންވާ ފަރުނީޗަރުގެ އެކި ވައްތަރުތައް މި ފިިހާރައިން ލިބެން ހުންނައިރު، މި ފިހާރައާ ގުޅޭނެ ނަމްބަރަކީ 9799226 އެވެ.