ބުރަކައްޓަށް އެއްވެސް އުނދަގުލެއް ނުވެ ނުވަތަ ތަދެއް އިހުސާސް ނުވެ ނިދާލެވިދާނެ ހެއްޔެވެ؟. މިއީ ސުވާލެކެެވެ. މި ސުވާލުގެ ޖަވާބު ދޭނީ އެންމެ އަރާމު، އަދި އެންމެ ހެޔޮވަރުގެ ގޮދަޑި އާއި ފަރުނީޗަރު ލިބެން ހުންނަ ފަރުމާ ފާރނީޗަރއިންނެވެ. އެތަނުން ވަނީ ބުރަކަށީގެ ރިއްސާ މީހުންނަށް ހާއްސަ ގޮދަޑި ތައާރަފްކޮށް، ރޯދައާ ދިމާކޮަށް ހާއްސަ ސޭލްއެއް ފަށައިފައެވެ.

ފަރުމާ ފާރނީޗަރއިން ދިން މައުލޫމާތަށް ބަލާއިރު، މި ރޯދަ މަހަށް ހާއްސަ ސޭލްއެއް އެ ފިހާރައިގައި ދަނީ ކުރިއަށެވެ. އެގޮތުން ރޯދައަށް ހާއްސަކޮށް ޑިސްކައުންޓް ލިބިގެންދާއިރު، ވަގުތުން ލިބޭ އަގު ހުރި އިނާމުތައްވެސް ހިމެނެއެވެ.

ފަރުމާ ފަރުނީޗަރުގައި ގޮދަޑިތައް ކޮލެޓީ ރަނގަޅުވެފައި މޮޅުވުމުން، ގޮދަޑީގެ މައްސަލައާ ހެދި ނިދަން އުނދަގޫވެގެން އުޅޭކަން ނުޖެހޭނެ އެވެ. އެހެންކަމުން ރަނގަޅަށް ނިދި ހަމަ ނުވެގެންވެސް އޫޅޭކަން ނުޖެހޭނެއެވެ. އަދި ނިދި ހަމަނުވެގެން ރުޅިގަދަވެގެން އުޅޭ މައްސަލައަށްވެސް ހައްލެއް ލިބިގެން ދާނެއެވެ.

ކޮލެޓީގެ ގޮތުން އެންމެ ރަނގަޅު، ގިނަ އަހަރުތަކަކަށް ބޭނުން ކުރެވޭ ޒާތުގެ ގޮދަޑިތައް ވިއްކަމުން އަންނަ ފަރުމާ ފާރނީޗަރއިން މިފަހަރު ނެރުނު ބުރަކަށީގައި ރިއްސާ އުޅޭ މީހުންނަށް ހާއްސަ މި ގޮދަޑިއަކީ، ބުރަކަށީގައި ހުންނަ އެ ރިހުން ލުއިކޮށްދޭ ގޮދަޑީއެކެވެ. އަދި މި ގޮދަޑިއަކީ އޯތޯޕެޑިކް ސަޕޯޓް ލިއްބައިދޭ ގޮދަޑިއެކެވެ.

އެހެންކަމުން މިފަހަރު މި އޮތީ އެފަދަ ފަރާތްތަކަށް ހައްލެކެވެ.

ފަރުމާ ފާރނީޗަރއިން ބުރަކައްޓާއި، ގައިގަ ރިއްސާ މީހުންނަށް ހާއްސަ ގޮދަޑި ލިބޭނެ - ވަގުތު އިމޭޖްސް

ފަރުމާ ފަރުނީޗަރުގައި އެތައް ވައްތަރެއްގެ ގޮދަޑި ހިމެނޭއިރު، ފާހަގަކޮށްލަން ޖެހޭ ކަަމަކީ، މި ފިހާރައިން ވިއްކާ އެހެން ގޮދަޑި ތަކެކޭ އެއްފަދައިން މި ގޮދަޑިއަކީވެސް ކޮލިޓީ ޓެސްޓު ކުރެވިފައިވާ، "ސެޓިޕަރ-ޔޫއެސް" ސެޓިފައިޑް ގޮދަޑިއެއް ކަމެވެ.

މީގެ އިތުުރުން މި ފިހާރައިން ޕްރިމިއަމް ގްރޭޑްގެ ގޮދަޑިއާއި، ހައިބްރިޑް ޑަބަލް ސައިޑެޑް ގޮދަޑިވެސް މި ފިހާރައިން ލިބެން ހުންނާއެވެ.

ފަރުމާ ފާރނީޗަރގެ މާލެ ފިހާރަ ހުންނާނީ އަލިކިލޭގެފާނު މަގުގައެވެ. އަި އެތަނުގެ ފިހާރައެއް ފުވައްމުލައް ސިޓީގައިވެސް ވަނީ ހުޅުވާފައެވެ.

ފަރުމާ ފާރނީޗަރގެ މާލެ ފިހާރައިގެ ނަމްބަރަކީ 3003083 އެވެ. އަދި އެ ފިހާރައިގެ ހާއްސަ ވެބްސައިޓަށް މި ލިންކް މެދުވެރިކޮށް ވަދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    މިގޮދަޑި ތަކަކީ ހަމަ ހަގީގަތުގަވެސް ކޮލިޓީ ރަނގަަޅު މޮޅު ގޮދަޑިތަކެއް.