ކިއުއާރް ބޭނުންކޮށްގެން ކުރެވޭނެ ވިޔަފާރި ބީއެމްއެލް އިން ލިމިޓްކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ މިއަދުން ފެށިގެން ބީއެމްއެލްގެ މޯބައިލް ވޮލެޓް މެދުވެރިކޮށް ކިއުއާރް ކޯޑު ބޭނުން ކޮށްގެން މުއާމަލާތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ކިއުއާރް ބޭނުން ކޮށްގެން މޯބައިލް ވޮލެޓުން ކުރެވޭ ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަދަދަކީ -/750 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އޭގެ އިތުރުން ކިއުއާރް ބޭނުން ކޮށްގެން މޯބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ކުރެވޭނީ ގިނަ ވެގެން ދިހަ މުއާމަލާތް ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މިލިމިޓްތަކަށްވުރެ އިތުރަށް ބޭނުންވާ ކަސްޓަމަރުންނަށް ކާޑު ބޭނުން ކޮށްގެން މުއާމަލާތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

ކިއުއާރް ބޭނުންކޮށްގެން ކުރެވޭނެ ވިޔަފާރި ބީއެމްއެލް އިން ލިމިޓް މިކުރީ ކިއުއާރް ބޭނުން ކޮށްގެން އެކައުންޓްގެ ވެރިފަރާތް ނޫން އެހެން ފަރާތްތަކުން ވިޔަފާރިކޮށް ބައެއް މީހުންގެ އެކައުންޓްތަކުން ފައިސާ ގެއްލެމުންދާ މައްސަލަ ވަރަށް ބޮޑަށް ހޫނު ވުމުންނެވެ.

ބައެއް މީހުން މީސް މީޑިއާގައި އާއްމު ކޮށްފައިވާ ޕޯސްޓްތަކުގައި ބުނެފައިވާ ގޮތުގައި އެމީހުންގެ އެކައުންޓްގައި ހުރި އެތައް ހާސް ރުފިޔާއެއް ވަނީ ކިއުއާރް ބޭނުންކޮށްގެން "ވަގަށް ނަގާފައެވެ."

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ފުރަތަމަ ބޭން ކް އިން ބޭރަށް މައުލޫމާތު ބޭރު ކުރާ މުވައްޒަފުން ވަޒީފާ އިން ވަކި ކޮށް އެމީހުންގެ މައްސަލަ ތައް ބަލަން ވީ އެވެ.

    29
  2. އެކްސްރޭ

    ތިހުރިހާ ޖަރީމާތަކެއް ތިހިންގަނީ ބޭންކްތެރެއިން މުޥައްޒަފުންތަކަކާއި ގުޅިގެން އެމީހުންނަށް ބައެއްލިބޭގޮތަށް ނޫންބާ؟

    18
  3. ސަމާލް

    ސަމާލްވާންވީ ބީއެމްއެލްއަށް ފޭކްލިންކުތަކަށް ކަށްވެސް ނޫން ފޭކްކޯލްތަކަކަށްވެސް ނޫން ބީ އެމް އެލް އަށް ވަރަށް ސަލާމް

  4. ޙުސެން

    ޙެޔޮނުވާނެ ބޭންކުތެރޭ ވަގުން އުޅޭނަމަ އެމީހުން ޖަލައްބަދލުކޮށްބަލަ ކިހާދެރަކަމެއްތޯތީ…މީގެކުރިން ތިޔަކަހަލަ ކަންކަމެއްނުހިގާ ކީއްވެތޯ..