މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީން) "ސުޕަވައިޒަރސް ފޯރަމް "2023 ބާއްވައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމަކީ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންއާއި އެޗް.އާރ. ޑިވިޜަން ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ. މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަން
އެންޑް ޑްރެޖިންގ ޑިވިޜަންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން، 88 ސައިޓް ސުޕަވައިޒަރުން މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސައިޓް ސުޕަވައިޒަރުންނަކީ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ
އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނެވެ. މިއީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ސުޕަވައިޒަރުންނަށް އަމާޒުކޮށް ހިންގުނު މިފަދަ ދެވަނަ ފޯރަމެވެ.

އެމްޓީސީސީން ސްޕަވައިޒަރުންނަށް ބޭއްވި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަލީ
އެމްޓީސީސީން ސްޕަވައިޒަރުންނަށް ބޭއްވި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަލީ

ރޭ ބޭއްވުނު މި ފޯރަމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ކުންފުނީގައި ކިޔަވައިގެން ތިބި ކަމާއި ގުޅުންހުރި އިލްމު ހާސިލްކޮށްފަިއވާ މުަވައްޒަފުން ތިބިކަން ފާހަގަކުރަމުން އާޒިމް ވިދާޅުވީ "ސުޕަވައިޒަރުންނަކީ ކުންފުނީގައި އެންމެ މުހިންމު ރޯލް އަދާކުރާ ފަރާތް ކަމަށެވެ. "އެހެންވީމާ، އެބޭފުޅުންނަށް އަވަސް ތަމްރީންތައް ލިބެންޖެހޭ. އަވަހަށް ނޮލެޖް ބޭނުންކުރެވޭ ގޮތްތައް ހަދައިދޭންޖެހޭ" އާޒިމް ވިދާޅުވިއެވެ.

މި ފޯރަމްގައި ވާހަކަދައްކަމުން ސީއީއޯ އާޒިމް ވަނީ ޕްރޮޖެކްޓްތައް ހިންގުމުގައި ސުޕަވައިޒަރުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރަމުގެ އިތުރަށް ކުންފުނީގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތަށްޓަކައި ޝުކުރު އަދާކޮށްފައެވެ. "އަޅުގަނޑުމެން މި ފޯރަމްގެ މައިގަނޑު އަމާޒަކީ މުވައްޒަފުންގެ ތެރޭގައި އެކުވެރިކަން އާލާކުރުން. އަޅުގަނޑުމެން އެމްޓީސީސީން ވަރަށް ބޮޑު އިސްކަމެއް ދެން ސުޕަވައިޒަރުންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށް. ކުންފުނީގެ މުސްތަޤްބަލު ރޭވުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް އެބަ ކުރުވަން" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ސްޕަވައިޒަރުންނަށް ބޭއްވި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަލީ
އެމްޓީސީސީން ސްޕަވައިޒަރުންނަށް ބޭއްވި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަލީ

އަދި ސަރުކާރަށް ތައުރީފުކޮށް އާޒިމްވަނީ ސަރުކާރުން ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައި ޤައުމުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގައި އެމްޓީސީސީ މުަވައްޒަފުން ދެމިތިބުމަށް އެދިފައިއެވެ.

މި ފޯރަމްގެ ބައިވެރިންނަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގުނެވެ. މި ސެޝަންތަކުގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމާއި، ސީއީއޯ އާދަމް އާޒިމް، ބައިވެރިންނާއި މުޙާތަބް ކުރައްވާ މަޝްރޫޢުތައް ހިންގުމާއި ގުޅޭގޮތުން މުހިއްމު މަޢުލޫމާތުތަކެއް ޙިއްސާކުރެއްވިއެވެ. އަދި އެމްޓީސީސީގެ އެކިއެކި ޑިވިޜަންތަކުގެ ވެރިންނާއި ޓެކްނިކަލް އެކްސްޕަރޓުންވެސް ސެޝަންތައް ނަގައިދެއްވިއެވެ.

މިގޮތުން، އެމްޓީސީސީން ހިންގާ މަޝްރޫޢުތަކުގެ ކޮލިޓީ ރަނގަޅު ކުރުމާއި، ސަރުކާރުން
ބޭނުންވާ އަވަސް މިނުގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، ޙަރަދުކުޑަކޮށް، މަޝްރޫޢުތައް ނިންމަން އޮންނަ ވަގުތުގެތެރޭ އެފިޝެންޓްކޮށް މަޝްރޫޢުތައް ނިންމުމާއި ގުޅޭގޮތުން ބައިވެރިން ހޭލުންތެރިކުރެވުނެވެ.

އެމްޓީސީސީން ސްޕަވައިޒަރުންނަށް ބޭއްވި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަލީ
އެމްޓީސީސީން ސްޕަވައިޒަރުންނަށް ބޭއްވި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަލީ

މީގެ އިތުރުން، ކުންފުނީގެ މެޝިނަރީޒްއާއި ވަސީލަތްތައް ބަލަހައްޓާ "ޕްރިވެންޓިވް މެއިޓެނެންސް" ގެ އިމުގު ތެރެއިން ކުންފުންޏަށް އެންމެ ފައިދާވާގޮތަށް އޭގެ ބޭނުންކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުންޏެއްކަން ފާހަގަކޮށް އެމްޓީސީސީއާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް ފޯރަމްގައި އަލިއަޅުވާލެވުނެވެ.

އަދި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ޢާއްމުންވެސް، ސިއްޙީ ގޮތުންނާއި ރައްކާތެރިކަމުގެ
ގޮތުން ބަހައްޓަންޖެހޭ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވާލާ މިކަމާގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ފޯރަމްގެ ބައިވެރިންނާއި ޙިއްސާކުރެވުނެވެ. މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުންގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޙުލާޤީ މިންގަނޑުތަކަށް މުވައްޒަފުން ހޭލުންތެރިކުރެވުނެވެ.

އެމްޓީސީސީން ޤަބޫލުކުރާގޮތުގައި ކުންފުނީގެ އެންމެ މުހިއްމު ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުންނެވެ. މިގޮތުން، މިފަދަ ހޭލުންތެރިކަމުގެ ފޯރަމްތަކުގެ އިތުރަށް، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް ސްކޮލަރޝިޕްއާއި ޓްރޭނިންގ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެމްޓީސީސީން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ.

އެމްޓީސީސީން ސްޕަވައިޒަރުންނަށް ބޭއްވި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަލީ
އެމްޓީސީސީން ސްޕަވައިޒަރުންނަށް ބޭއްވި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު އަލީ

ވޭތުވެދިޔަ އަހަރު، 2043 މުވައްޒަފުން 26،920 ގަޑިއިރުގެ ޓްރޭނިންގް ފުރިހަމަ ކުރިއެވެ. އަދި 2021 ވަނަ އަހަރު 11 ސްކޮލަރޝިޕް އަދި 2022 ވަނަ އަހަރު 8 ސްކޮލަރޝިޕް ފުރުސަތު، ތަފާތު ރޮނގުތަކުން ރާއްޖޭން ބޭރުގައި ކިޔެވުމަށް، ކުންފުނީގެ މުވައްޒަފުންނަށް ފޯރުކޮށްދެވުނެވެ. ކުންފުނީގެ އުއްމީދަކީ މި ފޯރުކޮށްދޭ ފުރުސަތުތަކުގެ ބޭނުންހިފާ، އެމްޓީސީސީގެ މުވައްޒަފުންނަކީ ކުންފުންޏަށާއި ޢާއްމު ރައްޔިތުންނަށް ބޭނުންތެރި ޙިދުމަތްތަކެއް ކޮށްދޭ ބައެއްގެ ގޮތުގައި ދެމިތިބުމެވެ.

އެެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ޙިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި ޢާއްމު ރައްޔިތުން، ވޭތުވެދިޔަ 42 އަހަރު ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނު

    ބާކީ 5 މަހަށްވީމާ ، 4 އަހަރު ބައި ވަންދެން ނިދަންތިބެފައި ހޭލެވިގެން މިތަބަ ތެޅިބައިލަނީ! ޖައްބާރުންނަށް އޮތީ ޖަލުގެ ކުޑަގޮޅި!