ބީއެމްއެލްގައި މީހަކު ހުޅުވާފައި ހުރި އެކައުންޓަކުން އެއްމިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް "ރަސް އޮންލައިން" ނަމަކަށް ކިޔާ ނޫހެއްގައި ކުރި ރިޕޯޓް ބީއެމްއެލް އިން ދޮގު ކޮށްފިއެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުގައި ރާއްޖެ އިން ބޭރުގައި ހުރި ދިވެހި ވިޔަފާރިވެރިއެއްގެ އެކައުންޓުން އެއްމިލިއަން ރުފިޔާގެ ސްކޭމެއް ހިންގައި އެކައުންޓް ހުސްކޮށްލީ އެތައް ބައެއްގެ އެކައުންޓަށް ޓްރާންސްފާކޮށް މާލޭގެ ގިނަ ފިހާރަތަކަކުން ވިޔަފާރިވެސް ކޮށް ގެންނެވެ. -/25000 ރުފިޔާ އާއި އަދި އެ ނޫން ބޮޑެތި އަދަދުތަކުން ފައިސާ އެކި އެކައުންޓްތަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެނޫހުން ބުންޏެވެ.
މިމައްސަލަ އެކައުންޓުގެ ވެރިފަރާތުން މިހާރު ވަނީ ފުލުހަށް ހުށައަޅާފައި ކަމަށް ވެސް އެނޫހުން ބުންޏެވެ.
ނަމަވެސް ބީއެމްއެލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރަސް އޮންލައިން ގައި ޝާއިއުކޮށްފައި ވަނީ ދޮގު މައުލޫމާތު ކަމަށެވެ. ބޭންކުން އެދެނީ މީޑިއާ އިން ޒިންމާދާރުކަމާއެކު ޚަބަރު ގެނެސްދިނުމަށް ކަމަށް ވެސް ޓްވީޓްގައި ބުނެފައި ވެއެވެ.
އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ބޮޑުވެފައި ވަނިކޮށް ދާދިފަހުން ވަނީ ބީއެމްއެލްގެ އީވޮލެޓް ކިއުއާރް ބޭނުން ކޮށްގެން ވެސް މީހުންގެ އެކައުންޓްތަކުން ފައިސާ ފޭރެން ފަށާފައެވެ. އެފަދަ މައްސަލަތައް އިތުރުވަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.
ބީއެމްއެލް އިން ބުނާ ގޮތުގައި ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ބޭންކުން ވަނީ އަޅާފައެވެ. ނަމަވެސް ބައެއް ލިންކްތަކަށް ފިތައިގެން ނުވަތަ އެނޫން ގޮތް ގޮތައް އިންޓަނެޓް ބޭންކިންގެ މައުލޫމާތުތައް މީހުންނަށް ލިބި ވަގުންނަށް ވައްކަން ކުރަން ދޮރުތައް ހުޅުވިގެން ދަނީއެވެ.
ލިންކްތަކަށް ފިތައިގެން ވާކަމެއްނަމަ އިސްލާމިކް ބޭންކުގެ އެކައުންޓްތަކުންވެސް ސްކޭމް ކުރަންވީނު. ވައްކަން ކުރަންވީނު. ކީއްވެތަ ހަމައެކަނި ބީއެމްއެލް އެކައުންޓްތަކަށް މިހެން މިވަނީ؟ މިސުވާލަށް ތިބޭންކުން ޖަވާބުދީބަލަ. މެނޭޖު ނުކުރެވޭ ކަންކަން ހުއްޓާލަންވީނު.
އިސްލާމިކް ބޭންކުގަ އެކައުންޓު ހުޅުވައިގެން އުޅެނީ އޮރިޔާން ބަލަން ލިންކަށް ފިތާ ކަހަލަ މީހުންނެއް ނޫން. ބީއެމްއެލްގަ ގިނައީ އެވައްތަރު. އެހެންވީމަ ދިމާވާނީވެސް އެމީހުންނަކަށް ނު؟ އަހަރެން ވެސް ބީއެމްްއެލް، އެކައުންޓުގަ ލާރިވެސް ހުރޭ. ދުވަހަކުވެސް މިކަމެއް ދިމަލެއް ނުވޭ. ކުންފުނިތަކުގެ އެކައުންޓުވެސް ހުރޭ. ނުވޭ ދިމަލެއް.
ތިޔަ ބުނާ އޮރިޔާން ސައިޓް ތައް ހަދާ ޤައުމު ތަކުގަ ބޭންކު ތަކުން ވައްކަމެއް ނުކުރޭ..ހަމަ ގައިމުވެސް ތިޔަބުނާ އޮރިޔާން ބަލާމީހުން މާ ގިނަވާނެ އޮރިޔާން ހަދާޤައުމު ތަކުގަ.
ބީއެމްއެލްގެ ވާހާ އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރަން ނުވެސް ކުރާނަން.
ކަޓު ވަނީ ހަމަ
ދިވެހިރާއްޖޭގައި އެމް.އެމް.އޭ ގެ ލައިސަންސް ދީފައި 8 ބޭންކެއް ރާޢްޖޭގައި އޮޕަރޭޓުކުރޭ!
އޮޓޮމޭޓެޑް ޚިދުމަތްވެސް ދޭ.! ކަސްޓަމަރުގެ އެކައުޓު، އޭޓީއެމް، ކާރޑް މިބާވަތުގެ ޒަމާނީ އެންމެހައި ވަޞީލަތްތައްވެސް އެބަ ހުރޭ!
ދުވަހަކުވެސް އަޑެއް ނީވޭ އެއިންބޭންކްގެ އެކައުންޓުން ވަގަންނެގިވާހަކައެއް، ނޫނީ ޕާސްވޯޑް ހެކްކުރިވާހަކައް، ނޫނީ އޮޅުވާލައިގެން އޯޓީޕީ ހޯދާވާހަކައެއް..
ހުރިހާކަމެއް ބީ.އެމް.އެލް އަށް ދިމާވަނީ އިއްތިފާޤަކުން ތޯ؟ ނޫނީ އަސްލުވެސް ބޭންކުގައި ލީކެއް އުޅެނީތޯ ވަރަސް ބޮޑަށް ސުވާލު އުފެދޭ!
އޯޓީ ޕީޔާއި ހަމަޔަށް ދަނީ ބޭކްގެ އކ. ނަންބަރު ލިބި ޕާސްވޯޑު ލިބުމުން ދޯ
އެއީ ކޮންތާކު ހޯދި އެއްޗެއް ތޯ އެކަން ބޭކުން ނުހުއްޓުވެނީ ކީއްވެތޯ؟
ހައިޕޮތެޓިކަލީ ބުނާނަމަ، މީ ބޭންކުގައި އުޅޭ ނުވަތަ އެޑޭޓާޔަށް އެކްސަސްވާ ބަޔަކު އަޑީގައި ތިބެގެން ހިންގާ ބޮޑު ސްކޭމެއް.. ޖަރީމާއެއް..
އަހަރެން ދުވަހަކުވެސް ބޭރުައި ބޭނުންނުކުރާ ކާރޑެއް ހުއްކޮށްލީ 1 މިނިޓްތެރޭގައި، އޭރުގެ ލިމިޓް 750ޑޮލަރު، ކިހިނެއް ކާރޑުގެ މައުލޫމާތު އެގުނީ؟ ކިހިނެތް ލިމިޓަކީ 750 ކަންވެސް އެގުނީ ބޭރު ބަޔަކަށް؟
ވަރަށް ބޮޑަށް އޮގަނައިވެގެން ބޭންކް ގުޅިގެން ހިންގޭ ބޮޑު ޗެއިން އޮފް ސްކޭމެއް ކަމަށް ދެންނެވޭނީ! ވައްﷲ އަޢުލަމް