ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފޯރުކޮށްދޭ ތެލަށް ފެނަކައިން ފައިސާ ނުދައްކާތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ފެނެކާއަކީ އެސްޓީއޯއިން ތެޔޮ ގަނެގެން އަތޮޅު ތެރޭގެ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ކުންފުންޏެކެވެ.

މިކަމާ ގުޅޭ ގޮތުން އެސްޓީއޯއާއި ސުވާލު ކުރުމުން އެސްޓީއޯގެ އޮފިޝަލަކު "ވަގުތު" އަށް ބުނީ. އެސްޓީއޯއިން ފޯރުކޮށްދޭ ތެލަށް ފެނެކާއިން ފައިސާ ނުދައްކާތާ ދެއަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އޭގެ އަގު މިހާރު 1.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

ބިލުތައް ދެއްކުމަށް އެކި ފަހަރު މަތިން ހަނދާން ކޮށްދިން ނަމަވެސް، މިއަދާއި ހަމައަށް އަލިމަގެއް ފެނިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ގައުމުގެ އިންޖީނުގެ ހިންގަން އެސްޓީއޯއަށް އަބަދު ދަރަންޏަށް ތެޔޮ ދީދީ އޮވެވޭތަ" އޮފިޝަލް ބުންޏެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ފެނަކައިން އެސްޓީއޯއަށް ފައިސާ ނުދައްކާ އޮތީ 2021 ވަނަ އަހަރުން ފެށިގެންނެވެ. ފެނެކާއިން އެސްޓީއޯ މެދުވެރިކޮށް ތެޔޮ ގަންނަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މީގެ އިތުރުން އޭނާ ބުނީ، ފެނެކާއިން އެ ފައިސާ ނުދައްކާތީ، އެސްޓިއޯއަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ. އެގޮތުން އެސްޓީއޯގެ ކޭޝްފްލޯއަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށާއި ތެޔޮ ވިއްކައިގެން ލިބޭ ފައިސާއަށް ބޭރުން ތެޔޮ ގަންނާތީ އެކަމުގައި ވެސް ދަތިތަކެއް ހުރި ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން ފެނަކަގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މިއްކީ

    ތި ފެނައަކީ ވަރަށް ހިންގުންތެރިކަންދަށް ތަނެއް. ތަނެއްދޮރެއްނޭގޭ ބަޔަކު ބައެއް ރަށްރަށުގެ ފެނަކަ ވެރިންނަށް ލައިގެން ވާނުވާ ނޭނގޭ، ޚިދުމަތްތައް ދަނީ ފެންނަށް، ރައްޔިތުން ކަމަކަށް އެދި ޝަކުވާ ކުރިޔަސް ހަމަ އަޅާވެސް ނުލާ. ދައުލަތުން ދާ ފައިސާތަކެއް. ކަމެއް ކުރާނަމަ ރަގަޅު. ހިތައްއެރި ގޮތަކަށް ހެދުން އަޅައިގެން ބޯދިގުކޮށްގެން، ވަކި ރަސްމީ ގަޑިެއްވެސް އެމީހުންނަކަށް އޮންނަހެނެއް ހިއެއްނުވޭ.

  2. ރައްޔިތެއް

    މި ގައުމުގައި ހިނގާ އެންމެ ބޮޑު ކޮރަޕްޝަން، ކްރެޑިޑަށް ތަކެތި ނަގައި ނުދައްކާ 5 ބިލިއަން ރުފިޔާ، އެސްޓީއޯއަށް 2 ބިލިއަން ކޮންސްޓްރަކްޝަން ކުންފުނި ތަކަށާއި ސަޕްލަޔަރުން ނަށް ނުދައްކާ އޮތް 3 ބިލިއަން. ބަނގުރޫޓުގެ މައްޗައް ބަނގުރޫޓް ވެފައި، ކޮންމެ ރަށެއްގެ މަސައްކަތްތެރިން ފެނަކައަށް ނަގައި ރަށުގައި ކުރަމުންއައި މަސައްކަތްތަށް ހުއްޓުވާލައިފި. ނ.ޅޮހީގައިވެސް މަހައްދާ 2 ދޯނި ނެތް ކަންނޭގެ. މި އޮތީވާ ޤައުމެއް.

  3. ޢަމްރު

    ތިވަނީ ރަގަޅަށް. ތީހަމައެކަނި ފައިދާހޯދަން ހަދާފައޮތް ކުންފުންޏެއްތަ. ތިޔަތަނަށް މުދާގެންނަނީ އެހެންދުނިޔެއަކުންތަ ރައްޔަތުންނަށް އަންނުފޯރާވަތަށް ތަކެތި އަގުބޮޑުކޮށް ވިއްކައިގެން ވިޔަފާރިން ރިކޯޑުހަދަނީ. ޢަމިއްލަ ބޯޓުފަހަރުގައި މުދާގެންނައިރުވެސް ވަކި ވިޔަފާރިވެރިން ވިއްކާއަގަށްވުރެ އެއްޗިސް އަގުބޮޑު.

  4. ދުމައިނު

    އަދިވެސް ސޯއެސް އާރު ޕުރޮޖެކްޓު ހިންގާ! ސައީދު ތީ ސީދާ ހަވަރަަށް ދޭން ޖެހިފަ ހުރި މީހެއް. ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކުން ކިތަށް ކުންފުނި ބަނގުރޫޓުވަނީ ތިޔަ ފެނަކަޔަކާހެދި. 3 އަހަރުވީ ބިލުތަކަށް ފައިސާނުދީ އެބަހުރި. ކަހާތަން ހިރުވާވެސް ނުލާ! ވާދޫ ދާއިރާ މަޖިލިސް މީނަޔަށް ޔަގީނޯ! ރައްޔިތުން މީނާ ގަން ހިންގައި ހަވަރަށް ދޭން ޖެހެނީ. ސީއެސްއާރެއް ނޯންނާނެ މި ހާލަތުގަ ވާ ކުންފުނިތަކަކަށް. ސީ އެސް އާރަކާޖެހެނީ ސްޓޭކްހޯލޑާ ކަރަށްފިތައި ލޭ އޮހޮރާގެނެއްނޫން! ދައުލަތުން މިކަމުގެ ތެރެއަކަށް ވަންނާކަށް ނުކެރޭ. ރައަިސް ޗޯލިހު އަށް އެނގިހުރެ ހިނގުވާ ޖަރީމާ މީ!

  5. ނަނަނަ

    ރާއްޖޭގަ ތެޔޮ މިހާ އަގު ބޮޑުވެގެން އުޅެނީ އެސްޓީއޯ އިން ތި ގެއްލުން ފޫ ބައްދަން ވެގެން. ތި ގެއްލުމުގެ ބުރަ މި އުފުލަނީ އާންމު ރައްޔިތުން. އަހަރުމެން..

  6. އއ

    މީ ކަން ކުރެވުމަކީ ސާބަސް ސާލިހުގެ ސަރުކާރު. !!

  7. ކޮއްޔާ

    މިގައުމު ދަވައިލައިފި // އެތެރެ ބޮއެހުސްކޮއްފި ،،،،،،،،،

  8. ހުސޭނުބޭ

    ގައިމު ސޯލިބޭ ސަރުކާރުގައި ފެނަކައަކީ އައިއެސްއޯ ސްޓޭންޑެޑަށް ހިންގާ ކުންފުންޏެކޯ! ސައީދޫ............. އައިއެސްއޯ ސްޓޭންޑެޑްގައި އޮތީ ދަރަނި އެކަނި ދޯ! ކެކެކެކެކެކެކެ

  9. ޑަ ލާސްޓް

    ފެނަކަ ސައީދު އެކި ނަންނަމުގަ އޭނަގެ ތިމާގަ މީހުންނާއި އޭނައަށް ބައިއަޅާ މީހުން ލައްވާ ބިލްތައް ހަދާގެން ބަރާބަރަށް ލާރި ނަގަމުން ދަނީ. 2024 މަޖިލިސް އިންތިޙަބަށް ތައްޔާރު ވަނީޔޯ. ފިޔޯރީ މީހެއްގެ ދޯނި ވެސް ދަވާލާފި.