މޯލްޑިވިއަންގެ ދަތުރުތައް ދަރަވަންދޫއަށް އަލުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިމަހުގެ 15 ވަނަ ދުވަހު އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހުން ފެށިގެން ދުވާލަކު އެއް ފުލައިޓު ދަރަވަންދޫއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކަށް މިއަދުން ފެށިގެން ޓިކެޓު ވިއްކަން ހުއްދަ ދީފައިވާ ތަންތަނާއި، މޯލްޑިވިއަންގެ ވެބްސައިޓު، ކޯލް ސެންޓާ އަދި މޯބައިލް އެޕު މެދުވެރިކޮށް ޓިކެޓު ގަނެވޭނެ އެވެ.
މީގެ ތިން އަހަރު ކުރިން، 2019 ގައި ދަރަވަންދޫއަށް މޯލްޑިވިއަންއިން ކުރި ދަތުރުތައް މެދުކަނޑާލީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެންނެވެ.
މިހާރު ދަރަވަންދޫއަށް ދަތުރު ކުރަމުން ދަނީ ވިލާ އެއާ އާއި މަންޓާ އެއާއިންނެވެ.
ބ.އަތޮޅަކީ ގިނަ ރިސޯޓްތަކެއް އޮންނަ އަތޮޅަކަށް ވުމުން ރާއްޖޭގެ އެންމެ ބާރު ބޮޑު ޑޮމެސްޓިކް އެއާޕޯޓަކަށް ވެފައި ވަނީ ދަރަވަންދޫ އެއާޕޯޓެވެ.
މޯލްޑިވިއަން އިން މިހާރު ވަނީ ތާރީހުގައި ވެސް އަލަށް އޭޓީއާރު މަރުކާގެ މަތިންދާ ބޯޓު ބޭނުން ކުރަން ފަށާފަވެ.
މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ޑޮމެސްޓިކް ދަތުރުތަކަށް ކުރިއަށް ގެންދިއުމަށް އޭޓީއާރް މަރުކާގެ ތިން ބޯޓެއް ވެސް ބޭނުން ކުރަމުންނެވެ. އޭޓީއާރްގެ ބޯޓުތަކާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 އަށް އިތުރުވާނެ އެވެ. ގައުމީ އެއާލައިން އިން އަންނަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުންނެވެ. މޯލްޑިވިއަން އިން ވަނީ ކުރިއާލައި ޓިކެޓް ނެގުމުން 15-5 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދޭން ވެސް ފަށައިފަ އެވެ.
މިތާ ޖެހިފަ އޮތަސް ތީން ދަތުރު ކުރަން .. އަތެއް ފަޔެއް ނުފޯރާ ވަރުގަ އަގު ހުންނާނީ...
ޓިކެޓް އަގު: -/565 ރުފިޔާ
ހުރަސް ކުރާ ފަރާ ގިރި ތަކަށް -/650 ރުފިޔާ
މާމަތިން ފުލައިޓް ދަތުރު ކުރަން ޖެހޭތި ވިއްސާރަ ވީމާ؛ -/ 395 ރުފިޔާ
ދެ އަތޮޅު ދޭތެރެ ހުރަސް ކުރުން -/ 495 ރުފިޔާ
ޖުމްލަ އަގު : -/2105 ( އެއް ކޮޅަށް ) ލޮބުވެތި ފެލާ ރައްޔިތު މީހާ ދައްކަން ޖެހޭ ވަރު .. *** ކިހާ ބޮޑު ބަލާއެއް .. ކުރީ ޒަމާނުގަ ވަށްކަން ކުރަނީ މީހުން ނޫޅޭ އިރު ދޮރު ތަންޑު ކަޑައިގެން ގެޔަށް ވަދެ .. މިހާރު ވަށްކަން ކުރަނީ މޭޒު ކައިރާގަ އިނދެގެން ލެއްވި ހުރިހާ އައުގުރާނަ ގޮވައިގެން.
ދެން މިކޮމެންޓް ނުޖަހާ ދުރޫސުލް އަޚުލާގު ނެތިގެން...