ކޭޝިއަރެއް، ސޭލްސްމަނެއް ނުހުންނަ އާޓިފިޝަލް އިންޓެލިގެންސް ވިޝަން ބޭނުން ކޮށްގެން ހިންގާ އެސްޓީއޯގެ ފިހާރަ ހުޅުވިތާ ހަތް ދުވަސް ތެރޭގައި އެ ފިހާރައަށް 1937 މީހުން ވަދެފައިވާ ކަަމަށް އެސްޓިއޯއިން ބުނެފިއެވެ.

އެ ފިހާރަ ހުޅުވާފައި ވަނީ ޖުލައި 27 ވަނަ ދުވަހުއެވެ.

ހުޅުމާލޭގެ ސެންޓްރޯ މޯލްގެ ކުރިމަތީގައި ކުރިން އެސްޓީއޯ މާޓް ހިންގި ތަނުގައި ތަރައްގީ ކުރި އެސްޓީއޯ ސްމާޓް ސްޓޯރުގެ ހަތް ދުވަހުގެ އޮޕަރޭޝަންސްއަށް ބަލާއިރު، ފިހާރަ ތެރޭގައި އެވްރެޖްކޮށް ކަސްޓަމަރަކު ހޭދަކޮށްފައިވަނީ 317 ސިކުންތުވެ. އެ ފިހާރައަށް އެއްފަހަރާ ވަދެވޭނެ މީހުންގެ އަދަދަކީ ހައެއް އެވެ. އަދި މުދަލަށް ފައިސާ ކެނޑުމަށް ހޭދަވެފައިވަނީ ގާތްގަނޑަކަށް 3 ސިކުންތު ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، އެ ހަތް ދުވަހުގެ ތެރޭައި 2700 މީހުން ސްމާޓް ސްޓޯރ އެޕް ޑައުންލޯޑްކޮށްފައިވާއިރު އޭގެ ތެރެއިން 1937 މީހުން ފިހާރައަށް ވަދެފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން 24 އިންސައްތަ މީހުން ފާހަގަކުރެވިފައިވަނީ ތަކުރާރުކޮށް ބާޒާރުކުރާ ކަސްޓަމަރުންގެ ގޮތުގައި ކަމަށްވެސް އެސްޓީއޯއިން ބުނެފައި ވެއެެވެ.

އޭގެ އިތުރުން އެ ހަފްތާ ތެރޭގައި ފިހާރައަށް ވަދުން 1937 މީހުންތެރެން 22 ކަސްޓަމަރުންގެ އެޕީލްލިބިފައިވާ ކަމަށްވެސް އެސްޓީއޯއިން ބުނެފައި ވެއެވެ.

އެސްޓީއޯގެ ސްމާޓް ސްޓޯ އައިއޯއެސްއާއި އަދި އެންޑްރޮއިޑް އިން ވެސް ޑައުންލޯންޑް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު