ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން، މި އަހަރުގެ ސްކޫލް ބަންދުގެ ބޮޑު ޗުއްޓީގައި ރާއްޖޭގެ އެކި މަންޒިލްތަކަށް 3،696 ދަތުރުކޮށް، 132،512 މީހުން އުފުލައިފިއެވެ.

ސްކޫލް ބަންދު ޗުއްޓީގައި ބާރު އެތެރޭގެ އުދުހުންތަކުގެ ބާރު ބޮޑެވެ. ހާާއްސަކޮށް މޯލްޑިވިއަންގެ ދަތުރުތައް އިންތިހާއަށް އިތުރުވެއެވެ. ޗުއްޓީ ވެގެން ދަނީ މޯލްޑިވިއަންގެ މުވައްޒަފުންނަށްވެސް ވަރަށް ބާރުބޮޑު ދުވަސްވަރަކަށެވެ. އެތައް ވަގުތެއް މަސައްކަތުގެ ތެރޭގައި ހޭދަ ކުރެއެވެ.

މިގޮތުން ޖޫން 15 އިން އޮގަސްޓް އެއް ވަނަ ދުވަހާއި ހަމައަށް މޯލްޑިވިއަން އިން 3،696 ދަތުރު ރާއްޖޭގެ އެކި ހިސާބުތަކަށް ކޮށްފައި ވެއެވެ. މީގެ ތެރޭގައި ޝެޑިއުލް 3528 ދަތުރާއި، އިތުރު ފްލައިޓްގެ ގޮތުގައި އެޅި 168 ދަތުރު ހިމެނެއެވެ.

މޯލްޑިވިއަން އިން ހިއްސާ ކުރި މައުލޫމާތައް ބަލާއިރު، މި ޗުއްޓީގައި މޯލްޑިވިއަން އިން އެންމެ ގިނައިން ދަތުރުތައް ކޮށްފައި ވަނީ އައްޑޫ ސިޓީ ގަމަށެވެ. އެއީ 510 ދަތުރެވެ. އޭގެ ތެރޭގައި ހިމެނެނީ ޝެޑިއުލް 494 ދަތުރާއި، އެޑިޝަނަލް ފްލައިޓްގެ ގޮތުގައި އެޅި 16 ދަތުރެވެ. ދެވަނައަށް އެންމެ ގިނައިން މޯލްޑިވިއަން އިން ކޮށްފައި ވަނީ ކާޑެއްދޫއަށެވެ. އެއީ 453 ދަތުރެވެ. އޭގެތެރޭގައި ހިމެނެނީ 449 ޝެޑިއުލް ދަތުރާއި، އެޑިޝަނަލް ފްލައިޓްގެ ގޮތުގައި އެޅި ހަތަރު ދަތުރެވެ. ތިން ވަނައަށް އެންމެ ގިނައިން ދަތުރުތައް ކޮށްފައި ވަނީ ކޫއްޑޫއަށެވެ. އެއީ 438 ދަތުރެވެ. އޭގެ ތެރޭގައި ޝެޑިއުލް 424 ދަތުރާއި، އެޑިޝަނަލް ފްލައިޓްގެ ގޮތުގައި އެޅި 14 ދަތުރު ހިމެނެއެވެ.

:މޯލްޑިވިއަންއިން ދަރަވަންދޫއަށް ދަތުރުރައް އަލުން ފެށުން-- ފޮޓޯ: އަހްމަދް އަލީ

އާއްމު ހާލަތްތަކުގައި މޯލްޑިވިއަންގައި 122،784 ފަސެންޖަރުން ދަތުރު ކުރާކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިފަހަރުގެ މި މުއްދަތުގައި 132،512 ފަސެންޖަރަކު ދަތުރު ކޮށްފައިވާ ކަމަށް ދައްކައެވެ. އެހެންކަމުން މިއީ އާއްމު ހާލަތްތަކާއި އަޅާކިޔާއިރު، 9،728 ފަސެންޖަރުންގެ އިތުރުވުމެެކެވެ.

މި މުއްދަތުގައި އެންމެ ގިނައިން ފަސެންޖަރުން ދަތުރު ކޮށްފައި ވަނީ ޖޫން 22 ވަނަ ދުވަހުއެވެ. އެ ދުވަހު 3،666 ފަސެންޖަރުން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ދަތުރު ކޮށްފައި ވެއެވެ.

:މޯލްޑިވިއަންއިން ފްލައިޓް ތެރެ-- ފޮޓޯ: އަހްމަދް އަލީ

މި މުއްދަތުގައި މޯލްޑިވިއަން އިން އެންމެ ގިނައިން ފަސެންޖަރުން އުފުލާފައި ވަނީ އައްޑޫ ސިޓީއަށެވެ. އެ ސިޓީއަށް 19،608 ދަތުރު ކޮށްފައިވާއިރު، އެ ލިސްޓުގެ ދެވަނައިގައި އޮތް ކޫއްޑޫއަށް 15،438 ފަސެންޖަރުން އުފުލާފައިވާއިރު، ތިން ވަނައިގައި އޮތް ކާޑެއްދޫއަށް އުފުލާފައި ވަނީ 15،258 ފަސެންޖަރުންނެވެ.

މޯލްޑިވިއަން އިން މި ބޮޑު ޗުއްޓީގައި ކުރި ދަތުރުތަކުގެ އިތުރުން، އޮޕަރޭޝަންތައް ބުރޫ ނާރާ ކުރިއަށް ގެންދެވޭތޯ އަބަދުވެސް ބަލައެވެ. އެހެންކަމުން މުވައްޒަފުންނާއި މެނޭޖްމެންޓުން ކުރި ބުރަ މަސައްކަތަކީ ފާހަގަކޮށްލެވޭނެ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަބޫ

    ޢެކަމަކުވެސް ވަނި ގެެއްލުން ތޯ

    6
    1
  2. ޢަބްދުﷲ

    ކިތައްމެ ދަތުރެއް ކުރިއަސް ކޮމްޕެނީއަށް ވަނީ ބޮޑު ގެއްލުން. މީދެން ކިހާ ދެރަކަމެއް.

    6
    1
  3. ހޭލާ

    މީހުން ގެ އަތުން ފެލާ ވެސްލި

    6
    1
  4. އައިމަން

    ޓިކެޓުގެ އަގު ބޮޑުކޮށްގެންނާއި ބެގޭޖް އެކްސެސް ހާހުން ނަގައިގެންވެސް ގެއްލުންވާ އެއައރ ލައިނެއް ހިންގާ ބަޔަކު މިނޫނީ ނުދެކެން ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެއްލާރި އުފުލުނަސް ޓިކެޓުގެ އަގުންނާއި އެކި ނަންނަމުގައި ޗާޖު ނަގައިގެން ލިބޭ އާމްދަނީން ފަސިންޖަރަކަށް ދަތުރުމަތީގައި ބޯފެން ފިޔަވައި ދެންލިބެނީ ގެންދާ ލަގެޖް ނޫނީ އަގުބޮޑު މުދާތައް ހަލާކުވެގެންވާ ގެއްލުން...

  5. ބުރާންތި

    ސަތޭކަ އަށްޑިހަ ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާވެސް ލިބުނު ނޫންތޯ، ރައްޔިތުންނަށް ދޭ ޚިދުމަތަކަށްވުރެ ތިޔަކުންފުނިން ނަފާ ހޯދަންކުރާ ކަމެއްގެ ގޮތުގައި އޮތްކަމެއްގަ މީހުން އުފުލި އަދަދު ބަޔާންކުރިހެން ލިބުނު އާމްދަނީ ހާމަކޮށްލިނަމަ މާ ސަޅިވީސް