ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓްގެ ގްރޭންޑް ފިނާލޭ މި ހުކުރު ދުވަހު ދިރާގު ހެޑް އޮފީހުގައި ކުރިއަށް ދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

މި ގްރޭންޑް ފިނާލޭ އިވެންޓެ ކުރިއަށް ދާނީ ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާއާއި ރަހުމަތްތެރިންނަށް އެ ތަނުން ލައިވްކޮށް މެޗުތައް ބެލޭނޭފަދަ ފޯރިގަދަ އިވެންޓެއްގެ ގޮތުގައެވެ.

ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް އަކީ 100،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކުރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓެވެ. މި މުބާރާތުގެ ފުރަތަމަ ހަތް ދުވަހުގެ މެޗުތައް ކުޅެވިގެން ދިޔައީ އޮންލައިންކޮށެވެ. އަދި މި މެޗުތައް ވަނީ ދިރާގުގެ ފޭސްބުކް އަދިޔޫޓިއުބް ޕޭޖުން ލައިވްސްޓްރީމްވެސް ކޮށްފައެވެ.

ފޯރިގަދަ މެޗުތަކަކަށް ފަހު މުބާރާތުގެ ފައިނަލިސްޓުންގެ ގޮތުގައި ކުރިއެރީ ޓީމް ވިގަނި އަދި ޓީމް ސްލީޕިންގ ފޮރެސްޓެވެ.

މީގެ އިތުރުން، ގްރޭންޑް ފިނާލޭ އިވެންޓުގައި އެއް ދުވަހުގެ ފީފާ ޓޯނަމަންޓަކާއި ތަފާތު ވީ.އާރުގޭމްތައްވެސް ކުރިއަށް ގެންދިއުމަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ. އަދި ފީފާ ޓޯނަމަންޓުން އެއް ވަނަ ލިބޭ ފަރާތަށް އިނާމެއްގެ ގޮތުގައި ޕްލޭސްޓޭޝަން 5 އެއް ލިބިގެންދާނެކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ. މި ޓޯނަމަންޓްގެ ބައިވެރިވާން ބޭނުން ފަރާތްތަކަށް ޙާއްސަ ޕޯޓަލްއެއް މެދުވެރިކޮށް މުބާރާތަށް ރަޖިސްޓަރ ކުރެވޭނެއެވެ. ފީފާ ޓޯނަމަންޓްގައި 35ކުޅުންތެރިންގެ ލިމިޓެއް އޮތުމުން ވީއެންމެ އަވަހަކަށް ރަޖިސްޓްރީވުމަށް ދިރާގުން ވަނީބައިވެރިންނަށް އިލްތިމާސްކޮށްފައެވެ.

ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތިނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަންފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު