ދިވެހިންނަކީ ކެއުމަށް އަބަދުވެސް ފޯރި ހުންނަ ބައެކެވެ. ކުރީގައި ނަމަ ހަމައެކަނި ހަނޑޫ ބޭނުންކޮށްގެން ވެސް އެކި ބާވަތުގެ ބަތްގަނޑުގަނޑު ތައްޔާރުކޮށްލާނެއެވެ. އޭގެފަހުން ނަމަ، ނޫޑްލްސް އެވެ. އެވެސް ދިވެހިން އެކި ގޮތްގޮތަށް ކައްކާ އުޅެއެވެ. އަދި އޭގެ ފަހުން ދެން އެންމެނަށް ވެސް އެންމެ ކަމުދިއަ މިފަދަ ކެއުމުގެ ބާވަތަކަށް ވީ ޕާސްތާއެވެ. ޕާސްތާ ވެސް ދިވެހިން ތައްޔާރުކުރަމުން ދިއައީ ދިވެހި ރަހަތައް ހިމެނޭ ގޮތަށެވެ. ނަމަވެސް، ފަހުން ޕާސްތާގެ ބާވަތްތައް މާކެޓުގައި ގިނަވެ، އެކި ވައްތަރުގެ ޕާސްތާއާއި އެއަށް އަޅާނެ ތަކެތި ވިއްކަން ފެށުމުން ޕާސްތާ ވެސް އެކިގޮތްގޮތައް ތައްޔާރުކުރަން ފެށުނެވެ. އެގޮތުން ޕާސްތާއަކީ މިހާރު ދިވެހިންގެ ފޭވަރިޓަކަށް ވެފައި ވާއިރު މާކެޓުން ލިބެން ހުރި ޕާސްތާގެ އެންމެ ރަނގަޅު އެއް އުފެއްދުން ކަމަށްވާ 'ޕިޔަލޭ ޕާސްތާ' އަށް ބަލާލަމާތޯއެވެ.

'ޕިޔަލޭ ޕާސްތާ' އަކީ ފުށް އަދި ތާޒާ ބިސް ބޭނުންކޮށް ވަކި ގޮތަކަށް މަޑުމަޑުން ރޯލްކޮށް ހިއްކައިގެން ހަދާ މީރު ހޯމްމޭޑް ރަހައެއް ހިމެނޭ އުފެއްދުމެކެވެ. އަދި ޕާސްތާއަކީ އެކި ގޮތްގޮތައް ކޮށާފައި ހުންނަ އެއްޗެއްކަމުން، މިވައްތަރު ޕާސްތާގެ ވެސް އެކި ވައްތަރު ލިބެން ހުރެއެވެ. އަދި މިވައްތަރު ޕާސްތާއަކީ ސެލެޑް ތައްޔާރު ކުރުމަށާއި މެއިން ޑިޝްއެއް ގޮތަށް ކައްކާލުމަށް ވެސް ބޭނުންކުރެވިދާނެ ޕާސްތާއެކެވެ.

'ޕިޔަލޭ ޕާސްތާ' އަކީ ޕާސްތާއަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ވައްތަރެކެވެ. އެއީ އެތައް އަހަރެއް ވީއިރުވެސް، މީގެ މީރު ރަހަ، ކޮލިޓީ އަދި ހެޔޮ އަގު މި ބްރޭންޑުން ހިފަހައްޓާފައި ވާތީއެވެ. ޕާސްތާ އަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ޕާސްތާގެ ޝޭޕް ވެސް ވަރަށް މަގުބޫލެވެ. އެގޮތުން 'ޕިޔަލޭ ޕާސްތާ' ގެ ވެސް އެކި ޝޭޕްތައް ހިމެނެއެވެ. ޕާސްތާގެ ޝޭޕާއެކު ރަހައިގަ ވެސް ތަފާތުކަމެއް ހުންނަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. 'ޕިޔަލޭ ޕާސްތާ' އެކި ސައިޒްގައި ވެސް ލިބެއެވެ. އެހެންކަމުން މީގެ ކުދި ސައިޒްގެ ޕާސްތާ ޕެކެޓް ސެލެޑް ހެދުމަށް ކަމުދާނެއެވެ. އަދި ޕާސްތާއަށް ލޯބިކުރާ ކުޑަކުދިންނަށް ވެސް މި ކުދި ސައިޒުގެ ޕާސްތާ ކަމުދާނެކަން ޔަގީނެވެ.

'ޕިޔަލޭ ޕާސްތާ' ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ އެމް.ޔޫ ސްޓޯރުންނެވެ. ދިވެހިންގެ އިތުބާރު ހޯދާފައިވާ އެމް.ޔޫ ސްޓޯރުން ގެންނަ މި ބްރޭންޑުގެ ޕާސްތާގެ ރަހަ އަދި ނުބަލާނަމަ، އަދި ތިއީ ޕާސްތާއަށް ލޯބިކުރާ ފަރާތަކަށް ވާނަމަ، އެއްގޮތަކަށްވެސް މަޑުކުރާނެ ކަމެއްނެތެވެ. އަވަހަށް ގޮސް ތިފަރާތަށް އެންމެ ކަމުދާ ޝޭޕެއްގެ އެންމެ ކަމުދާ ސައިޒެއްގެ 'ޕިޔަލޭ ޕާސްތާ' ޕެކެޓެއް ގަނެ ރަހަ ބަލާލީމަ ހުންނާނީ ރަނގަޅަށެވެ. ދެވަނަ ފަހަރަށް ވެސް ގަންނާ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޔަބޭ

    މިކަހަލަ ގެއްލުންލިބޭ ކޮންމެ އެއްޗެއް ދިވެހިންނަށް ކަމުދާނެ

    • Nana

      ބުއްދިވެރިބެ