ދިރާގަށް 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަން ކޮށްފިއެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި އިވެންޓްގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް އިލްޔާސްއަޙްމަދާއި ދިރާގުގެ ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރމަން އަލްފާޟިލް އިސްމާޢީލް ވަޙީދާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދުގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ލީޑަރޝިޕް ޓީމްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލާ ނޯޓިކާ ޕެރެޑައިސް އައިލެންޑްގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ 1988ވަނައަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ 22 މުވައްޒަފެއްގެއަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ދީފައެވެ.

މިއާއެކު މި ހަފްލާގައި ވަނީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ފޮޓޯ ފޮތް ކަމަށްވާ 'ލީޑިންގ ދަ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޖާރނީއޮފް ދަ މޯލްޑިވްސް' ޑިޖިޓަލްކޮށް އިފްތިތާހުކޮށްފައެވެ. މި ފޮތް އިފްތިތާހުކޮށްދެއްވީ ދިރާގުގެ ޗެއަރޕަރސަން އިސްމާޢީލް ވަޙީދު އަދި ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދެވެ. މިހާރު ދިރާގު ވެބްސައިޓުން ޑިޖިޓަލްކޮށް ލިބެން ހުރި މި ފޮތުގައި ރާއްޖޭގެގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކޮށް، ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައިދިރާގުން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ދައްކައިދީފައިވެއެވެ.

މީގެ އިތުރުން ކުލަގަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކާއެކު އެ ކުންފުނިން ވަނީ އަގުހުރިއިނާމުތަކާއެކު މުވައްޒަފުންގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއް ބާއްވާފައެވެ.

ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު