ރާއްޖޭގައި ވިޔަފާރި ފުޅާ ކުރަމުން އަންނަ އެމްއެޗްއޭ އިން ހުޅުމާލެ ފޭސް އެކެއްގައި ފިހާރައެއް ހުޅުވައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ، އެތައް އާ ބްރޭންޑެއްގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެމުންދާ އެމްއެޗްއޭގެ މި ފިހާރަ ހުންނާނީ ރެއިންކްރެޓްސް ރެސިޑެންސް އިމާރާތުގައެވެ.

އެމްއެޗްއޭ މާރޓުން ހުޅުމާލޭގައި ހުޅުވި ފިހާރަ

އެމްއެޗްއޭ މާރޓުގެ އޮފިޝަލަކު ވިދާޅުވީ، ހުޅުމަލޭގެ ފިހާރައިންވެސް އެމްެއެޗްއޭއިން ރާއްޖެ އެެތެރެކޮށް ވިއްކާ އުފެއްދުންތަކާއި، އެމްއެޗްއޭ މާރޓުގެ މާލޭގެ ފިހާރަތަކުން ލިބެން ހުންނަ ހުރިހާ ސާމާނެއް އެއް އަގެއްގައި މި ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.

އެމްއެޗްއޭ މާރޓުން ހުޅުމާލޭގައި ހުޅުވި ފިހާރަ

އެމްއެޗްއޭއަކީ ދިވެހިންނަށް އާ ނަމަކަށް ނުވާނެއެވެ. 1990ގެ މެދުތެރެއިން ފެށިގެން، މިހާރުވެސް ރާއްޖޭގެ ހޯލް ސޭލް ވިޔަފާރީގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ އެއް ކުންފުންޏަކީ މިއީއެވެ.

އެމްއެޗްއޭ މާރޓުން ހުޅުމާލޭގައި ހުޅުވި ފިހާރަ

އެ ކުންފުނީގެ ރީޓެއިލް ދެ ފިހާރައެއް މިހާރުވެސް މާލޭގައި ހިންގަމުންދާއިރު، ކުރިއަށް އޮތްތަނުގައި އެ ކުންފުނީގެ ރީޓެއިލް ފިހާރައެއް ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވާނެއެވެ. މިއާއެކު އެ ކުންފުނީގެ ރީޓެއިލް ފިހާރަކުގެ އަދަދަު ހަތަރަކަށް އަރާނެއެވެ.

އެ ކުންފުނިން މިހާރު ވަނީ އެމްއެޗްއޭ "ރިވާޑްސް" ގެ ނަމުގައި ލޯޔަލްޓީ ޕްރޮގްރާމެއް ހިންގަމުންނެވެ.

އެމްއެޗްއޭ މާރޓުން ހުޅުމާލޭގައި ހުޅުވި ފިހާރަ

އެގޮތުން އެމްއެޗްއޭ އިން ވިޔަފާރި ކުރާ ކޮންމެ ފަހަރަކު "ރިވާޑްސް" ޕޮއިންޓް އިތުރުވާއިރު، އެ ޕޮއިންޓްސް ބޭނުން ކޮށްގެން އެއް އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރި ކުރެވޭނެއެވެ. އެމްއެޗްއޭ އިން ބުނީ ޕޮއިންޓުތަކުގެ ތަފްސީލު ވިޔަފާރި ކުރާ ކޮންމެ ފަހަރަކު ފޯނަށް ލިބިގެން ދާނެ ކަމަށެެވެ.

އަދި ރާއްޖޭގައި މޮބައިލް ހިދުމަތް ދޭ ކުންފުންޏެއްގެ ނަންބަރެއް އޮތް ހަމަ ކޮންމެ މީހަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހިބަދޫ މީހާ

    1990 ގެ މެދުތެރެއަށް ވުރެވެސް ކުރިން ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުން ފެށހެން ވެސް ހޯލްސޭލް ވިޔަފާރީގަ ނަގާކިޔާ ކުންފުންޏެއް މަރޮށީ ހުސެން ކަލޭފާނާ ސެއިހް އުސްމާން އާ ދެބެން އެންމެ އިސްކޮށް އުޅުއްވީ މިހާރު ދެބޭފުޅުން ވެސް ވްނީ އަވަހާރަ ވެފައި.

  2. ސޭމް

    މަރުހަބަ