ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓާ ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ހަފްތާއަކު އައިފޯން 15 ޕްރޯ އެއް ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ބުނީ ކޮންމެ ހަފްތާއަކު މާސްޓާކާޑުން މަދުވެގެން 500ރ. ގެ ވިޔަފާރިކޮށްގެން ލަކީ ޑްރޯގައި ބަރިވެރިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ފޮޓޯ: ބީއެމްއެލް

އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ މީހަކަށް އައިފޯން 15 ޕްރޯ އެއް ލިބޭނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މާސްޓާ ކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.