މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި 1.8 މިލިއަން ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި އަހަރު ސަރުކާރުން ކަނޑައެޅި އަމާޒު ކަމުގައިވާ 1.8 މިލިއަން ވަނަ ފަތުރުވެރިޔަކަށްވީ ނެދަލޭންޑްސްގެ ރައްޔިތެއް ކަމަށްވާ ސްޓީފަން މަޖިޖްސް ހޭމަންސްއެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ އަންހެނުންނާއި ދެ ކުދިންނާއި އެކުގައެވެ.

ސްޓީފަންއަށް އަށް ވެލާނާ އެއާޕޯޓްގައި ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުހަބާ ކިޔާފައެވެ. އޭނާ އަށް މަރުހަބާ ކިޔުމަށް އެމްއެޕްޕީއާރްސް އާއި ފަތުވެރިކަމުގެ ވުޒާރާގެ އިސްވެރިންވެސް ވެސް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.

ރާއްޖެ އައި އެއް މިލިއަން ފަތުރުވެރިޔާއަކީ ނެދަލޭންޑްސްގެ ސްޓީފަން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މީޑިއާތަކާއި ވާހަކަދައްކަވަމުން ސްޓީފަން ބުނީ މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރު ކަމަށާއި، 1.8 ވަނަ ފަތުރުވެރިއާގެ ޝަރަފު ލިބުމުން ވަރަށް އުފާވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް އާދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 18 ވަނަ ދުވަހު އާއްމުކޮށްފައިވާ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،790،172 ފަތުރުވެރިން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، %12.6 ކުރިއެރެމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1،675،303 ފަތުރުވެރިންނެވެ.

މި އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ރަޝިޔާއިން 200،000 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާއިން ރާއްޖެއަށް 199،187 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އޮތް ޗައިނާއިން 183،457 ފަތުރުވެރިން އައިސްފައި ވެއެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދަައްްކާގޮތުން މިހާރު ރާއްޖޭގައި 119 ރިސޯޓެއް ހިންގަމުން ދެއެވެ. އަދި 14 ހޮޓަލެއް މިވަގުތު އޮޕަރޭޝަނަށް ގެެސްފައިވާއިރު، 924 ގެސްޓް ހައުސް އަކާއި، 144 ސަފާރީ އޮޕަރޭޝަނަށް ގެެނެސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޭބުއްދި

    ލިސްޓުގެ ދެވަނައިގައި އިންޑިޔާ ވެސް ޗައިނާ ވެސް މޮޅު

    12