މިމަހުގެ 31 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތައް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ، މިމަހުގެ 31 ވާ އާދިއްތަ ދުވަހު ބޭންކުގެ ބްރާންޗްތަކާއި ސެންޓަރުތައް ބަންދުވާނެ ކަމަށާއި އެއަށް ފަހު ދެން ބޭންކު ހުޅުވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ކަމަށެވެ.

މިމުއްދަތުގައި ބޭންކިންގ ހިދުމަތް ހޯއްދެވުމަށް އިންޓަރނެޓް ބޭންކިންގ އަދި ސެލްފް ސަރވިސް އޭޓީއެމް ބޭނުންކުރެއްވުން ބީއެމްއެލުން ވަނީ އެދިފައެވެ. އަދި ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އާއި، ވެބް ޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލުން ވަނީ ބުނެފައެވެ.

ބީއެމްއެލުން ވަނީ މިފުރުސަތުގައި އެބޭފުޅުންގެ އެންމެހައި ކަސްޓަމަރުންނަށް މިފެށޭ އާ އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު