ޓެސްލާ ކާރެއްގެ ވާހަކަ ދިރާގުން އެބަ ދައްކައެވެ. މި ވާހަކަ ދައްކަމުންދާތާ އެތައް ދުވަހެއްވެއްޖެއެވެ. މިއީ ދިރާގުން ލޯންޗުކުރި މުޅިން އައު 'ވިން އަ ޓެސްލާ'ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަންގެ ދަށުން ހަމަ އަސްލުވެސް ދިރާގު ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ލިބިގެން ދާނެއެވެ.

ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރުމަށް ލޯންޗުކުރި މި ޕްރޮމޯޝަނާއެކު ކޮންމެވެސް ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ، ތިމާވެއްޓާއި ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ކާރެއް ހޯދުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވެގެން ދާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާނީ ކިހިނެއް؟

ދިރާގުގެ މި ޚާއްސަ ޕްރޮމޯޝަންގައި ވަރަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެއެވެ.

1. ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕޭކޭޖަކަށް ސަބްސްކްރައިބްކޮށްލާ
2. މި ޕްރޮމޯޝަނަށް ޚާއްސަ ކުރެވިފައިވާ ދިރާގު ޕޯޓަލް winatesla.dhiraagu.com.mv މެދުވެރިކޮށް ރަޖިސްޓަރކޮށްލާ

އެގޮތުން މި ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެއެވެ.

އަދި އިނގޭތަ؟

ކޮންމެ ކަސްޓަމަރެއްގެ ވެސް ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ހުރިހާ ސަރވިސް ނަމްބަރެއްވެސް ޕޯޓަލްގައި ރަޖިސްޓަރކޮށްގެން ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު އިތުރުކުރެވޭނެއެވެ.

ލަސްނުކޮށް، އަވަހަށް މި ޕްރޮމޯޝަންގައި ބައިވެރިވާށެވެ. 31 ޖަނަވަރީ 2024އާ ހަމައަށް ހުރިހާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަޒްރާ

    ހަމައެކަނި ޕޯސްޓް ޕެއިޑަށް އޮތީމަ ކަމަކު ނުދޭ އެންމެނަށް ބައިވެރިވެވޭ ގތައް އޮތުން ރަނގަޅު

    5
    8
  2. ަސދސަދ

    ގުރުއަތގައި ބައިވެރިކުރާ ހުރިހާ ނަމްބަރެއް އެނަމބަރުގެ ވެރިފަރާތައް ފެންނަހެން ލިސްޓްގައި ބަހައްޓަންޖެހޭނެ.

  3. ދުއްކާން

    ކިހިނެއްހޭ ތި ލިބުނަސް ޗާޖު ކުރާނީ

    • އިބްރާހިމް52

      ޗާރޖާ އާ އެއްކޮށް ވިއްކާ ކާރެއް މީ.

  4. ޢިދުރީހު

    ޕުރިޕެއިޑު ކަސްޓަމަރުން ދިރާގައް ދޭރުފިޔާ މަދީތަ؟ މިކަހަލަ ކޮންމެ އެއްޗަކުން އެމީހުން މަހުރޫމްކޮއްފަ ހުރިހާ ޕުރިޕެއިޑު ކަސްޓަމަރުން ދިރާގު ނޫންގޮތެއް ހޯދަން ގޮވާލަން

    4
    5