ދިރާގުން މީލާދީ އައު އަހަރު، 2024 ފާހަގަކުރުމުގެ ގޮތުން ޚާއްސަ އޮފަރތަކެއް ލޯންޗް ކޮށްފިއެވެ.

މިގޮތުން އައު އަހަރަށް މަރުހަބާ ކިޔުމާއި އުފާ ފާޅުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަ އޮފަރތައް ފަރުމާކޮށްފައެވެ.

މީގެތެރޭގައި:

ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ޕްރޮމޯ: ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 2024 ރުފިޔާއަށް ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ސަބްސްކްރައިބް ކުރެވޭނެއެވެ. އެގޮތުން ސަޅި އެނުއަލް ޕްލޭނާއެކު ކަސްޓަމަރުންނަށް 365 ދުވަހަށް ދުވާލަކު 1ޖީބީ ލިބޭއިރު، ސަޅި 180 ޑޭސް ޕްލޭނާއެކު ދުވާލަކު 4ޖީބީ، 180 ދުވަހަށް ލިބޭނެއެވެ.
ލިމިޓްލެސް ސޯޝަލް މީޑިއާ: ޕްރީޕެއިޑް ކަސްޓަމަރުންނަށް މި އެޑް-އޮންއާއެކު އެންމެ 24 ރުފިޔާއަށް ލިމިޓްލެސް ސޯޝަލް މީޑިއާ، 24 ގަޑިއިރަށް ލިބޭނެއެވެ.
ހިލޭ މައިފައި ޑިވައިސް: މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީ ޕެކޭޖަށް އަލަށް ސަބްސްކަރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސެއް ލިބޭނެއެވެ.

ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އައު އަހަރުގެ ލިމިޓެޑް ޓައިމް އޮފާރތަކަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 ޖަނަވަރީ 2024ގެ ނިޔަލަށެވެ.

މީގެ އިތުރުން އައު އަހަރުގެ ޕްރޮމޯގެ ދަށުން ދިރާގު އެލީޓް ކްލަބުގެ މެމްބަރުންނަށް 31 ޑިސެންބަރު 2023 އިން 1 ޖަނަވަރީ 2024ގެ ނިޔަލަށް އެސްޓްރިއާ ވެލްނެސް ސްޕާ، ފުޓްރެސްޓް ސްޕާ އަދި ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެން ދާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކޮށް، އަގުހުރި އައު އޮފަރތަކަކާއިއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު