ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިގެ ހިލޭ ކުކުޅު ކުރަނޑި ކޭހެއް ލިބޭ ގޮތަށް ކުރިއަށްދާ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ކޭސް ކާމިޔާބު ކުރި މީހާ ހޮވައިފިއެވެ.

ތިން މަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާ ކާމިޔާބު ކުރީ ނޮނީ އީއްކޮއެވެ.

މި ޕްރޮމޮޝަންގެ ދަށުން އެ ފިހާރައިގެ ފޭސްބުކް ޕޭޖްގައިވާ ޕޯސްޓް ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ލައިކް ޝެއާރ އެންޑް ޓެގް އަދި ކޮމެންޓް، ކުރާ ފަރާތްތަކަށް ކުކުޅު ކުރަނޑި ކޭހެއް ކޮންމެ ހަފްތާއަކުވެސް ލިބޭނެއެވެ.

މީގެ ކުރިންވެސް ޝެއާ އެންޑް ވިން ޕްރޮމޯޝަން ކުކުޅު ފިހާރައިން ބޭއްވިއިރު، އާންމުގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ކުކުޅު ފިހާރައިން ލިބެން ހުންނަ ފިނި ކުރި ކާބޯތަކެތީގެ ތެރޭގައި ގަނޑުކުރި ކުކުޅާއި (ކޮށާފައި އަދި ނުކޮށާ)، ކުކުޅު ފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީފުޑް، ސޮސެޖް، ޓާކީ އަދި އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒް ފަދަ އެތައް ޕްރޮޑަކްޓެއް ހިމެނެއެވެ.

ރިސޯޓްތަކަށާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކަށް ފުޅާ ދާއިރާއެއްގައި ސަޕްލައި ކުރަމުން އަންނަ ކުކުޅު ފިހާރައިން ތައާރަފް ކުރާ އާ ޕްރޮޑަކްޓްތަކުގެ އިތުރުން އާ ޕްރޮމޯޝަންތައް ފޭސްބުކް ޕޭޖް މެރުވެރިކޮށް އެނގޭނެއެވެ. އަދި 9986575 އަށް ގުޅައިގެން މައުލޫމާތު ސާފް ކުރެވޭނެއެވެ.

އެ ފިހާރައިން ހޯލްސޭލްކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކުން 9986575 ނަންބަރަށް ވައިބާރ ކޮށްގެން އޯޑަރ ކުރެވޭނެއެވެ.

ކުކުޅު ފިހާރަކީ މާލެ އާއި އަތޮޅު ތެރޭގެ އިތުރުން، ރިސޯޓްތަކަށް ފިނި ކުރި ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެންމެ ހިނގާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު