އިތުރު ހަ މަންޒިލަކަށް ޓިކެޓް އަގުހެޔޮކޮށް، އާދިއްތާގައި އަގުހެޔޮ ޓިކެޓްގައި ދަތުރު ކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ފަހުން ޓިކެޓް އަގުހެޔޮ ކޮށްފައިވަނީ ހދ. ހަނިމާދޫއާއި ތ. ތިމަރަފުށި ހިމެނޭހެން އިތުރު ހަތަރު މަންޒިލަކަށެވެ.

މޯލްޑިވިއަނުން ހާމަކުރި ގޮތުގައި ޑޮމެސްޓިކް ދަތުރުތައް އަގުހެޔޮ ކުރެވުނީ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުންނެވެ. މި ޕްރޮމޯޝަނަލް ފެއާގެ ދަށުން އެންމެ ފުރަތަމަ ޓިކެޓް އަގުހެޔޮކުރި 8 މަންޒިލަކީ:

  • ސ. ގަމަށް - 1،222ރ.
  • ފުވައްމުލައް - 1،155ރ.
  • ގދ. ކާޑެއްދޫ - 1،333ރ.
  • ގއ. ކޫއްޑޫ - 1،111 ރ.
  • ލ. ކައްދޫ - 1،055ރ.
  • ނ. މާފަރު - 999ރ
  • ރ. އިފުރު - 999ރ.
  • ހދ. ހަނިމާދުއަށް - 1،111ރ. އެވެ.

ފަހުން ޓިކެޓް އަގުހެޔޮކުރެވުނު މަންޒިލްތަކަކީ:

  • މާވަރުލު - 1،155 ރ.
  • ފަރެސްމާތޮނޑާ - 1،133 ރ.
  • ހޯރަފުށި -1،133 ރ.
  • ކުޅުދުއްފުށި - 1،111 ރ.
  • ތިމަރަފުށި - 1،111 ރ.
  • ފުނަދޫ - 1،055 ރ. އެވެ.

މި އަގުތަކަކީ އެއްކޮޅު ޓިކެޓުގެ އަގެވެ.

މޯލްޑިވިއަނުން އަންނަނީ އެތެރޭ އުދުހުމުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެއާލައިނަށް އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާ ބޯޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާ އެކު މިދިޔަ މަހު ވަނީ ސޮއިކޮށްފައެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި މިހާރުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ޓިކެޓް ނަގާ ބުކް ކުރެވޭނެއެވެ. އަދި މޯލްޑިވިއަން އޮފީސް މެދުވެރިކޮށް ވެސް ޓިކެޓް ނެގުމުގެ ހިދުމަތް ލިބިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު