ބޮޑެތި ޑިސްކައުންޓްތަކާއި އެކު އެސްޓީއޯގެ 57 ވަނަ އަހަރީ ބޮޑު ސޭލް މާދަމާ ފަށަން ނިންމައިފިއެވެ.

އެސްޓީއޯއީން ބުނީ، އެންމެ ދުވަހަކަށް ކުރިއަށް ގެންދާ މި ސޭލް އޮންނާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ސުޕަމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ކަމަށެވެ.

މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ އޭސީ ފިޔަވައި އެހެން ހުރިހާ ސާމާނަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި އަދި ސުޕަމާޓުން ފަސް އިންސައްތަ ލިބޭއިރު ރީޖަނަލް ފިހާރަތަކުގެ ހޯމް އިމްޕްރޫވްމަންޓުގެ މުދަލުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ، މި ސޭލްގައި ގްރޭންޑް ލަކީޑްރޯއެއް ނެގިގެން ދާނެ ކަމަށާއި އެގޮތުން ނަސީބު ވެރިއެއް ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗަރެއް ލިބިގެން ދާނެ ކަމަށެވެ.

މީގެއިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ހާއްސަ އިނާމެއްގެ ގޮތުގައި ބައްތިރީސް އިންޗި ޓީވީއެއް އަދި އެސްޓީއޯ ސުޕަމާޓުން ކޮންމެ 57 ވަނަ ކަސްޓަމަރެއް ގަންނަ މުދަލެއް ހިލޭ ލިބިގެން ދާނެ ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު