ރަމަޟާން މަހަކީ ކޮންމެ ދިވެއްސަކު ވެސް އަޅުކަމުގައި އަވަދިނެތި ވާނެ މަހެކެވެ. ނޭނގުމުގައި ކުރެވޭ ނުބައި ކަންތަކަށްވުރެ، އެންމެން ވެސް މަސައްކަތް ކުރާނީ ހެޔޮ އަމަލު ކުރުމަށެވެ. ނިކަމެތިންނާއި ފަގީރުންނަށް އެހީވުމަށެވެ. އެކަކު އަނެކަކަށް އެހީގެ އަތެއް ދިއްކޮށްލުމަށެވެ.

އެހީގެ އަތެއް ދިއްކޮށްލުން އެކި ގޮތްގޮތަށް މާނަ ކުރެވޭނެއެވެ. އެއީ ފައިސާގެ ގޮތުން ވެވޭ އެހީ ނޫނީ ކާތަކެތީގެ ގޮތުގައި ވެވޭ އެހީ ހިމެނެއެވެ. މީހަކަށް އެއްޗެއް ދިނުމަކީ ހެޔޮ ނިޔަތުގައި ކުރާ ކަމެއް ނަމަ އެމީހަކަށް ސަވާބު ލިބޭނެ އަމަލެކެވެ.

ނިކަމެތިން ނުވަތަ ފަގީރުންނަށް އެހީގެ އަތެއް ދިއްކޮށްލެވޭނެ ތަނަވަސްކަން ހުރި މީހުންނަށް މާލޭގައި ހިންގާ ރެސްޓޯރެންޓެއް ކަމަށް "ކޮފީ ރެސިޑެންސް" އިން މިވަނީ ރަނުގެ ފުރުސަތެއް ހުޅުވާލާފައެވެ. އެއީ ރޯދައަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހާއްސަ އޮފާއެކެވެ.

މި ޕެކޭޖުގެ ތެރޭގައި ރޯދަ ވީއްލުމާއި ހާރު ކެއުން ހިމެނޭއިރު، އެންމެ ތަފާތު ކޮށްލެވޭ ކަމަކީ ޕެކޭޖު ނެގުމުން މުޅި ރޯދަ މަހަށް ހާރު ކެއުމަށާއި ރޯދަ ވީއްލުމަށް ބޭނުންވާ ތަކެތި އެތަނުން ފޯރުކޮށްދޭ ކަމެވެ.

ރޯދަމަސް އެއްކޮށް ގޮތަކަށް މި ޕެކޭޖުން ކަވަރު ކުރެވޭއިރު، ކޮފީ ރެސިޑެންސުން ބުނީ، 10 ދުވަސް ނުވަތަ 20 ދުވަހަށް ވެސް މި ޕެކޭޖް ނަގާލެވޭނެ ކަމަށެވެ. މި ޕެކޭޖަށް ރަމަޟާން މަސް ތެރޭގައި ވެސް އޯޑަރު ދެވޭނެއެވެ.

މީގެ އިތުރުން އެތަނަށް އޯޑަރު ދީގެން އެހެން މީހުންނާއި ހަމައަށް ވެސް ރޯދަ ވީއްލަން ބޭނުންވާ ތަކެތި ނުވަތަ ހާރު ކެއުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވޭނެ ކަމަށް ސީއާރުއިން ވަނީ ބުނެފައެވެ.

ކޮފީ ރެސިޑެންސުން ތައްޔާރު ކޮށްފައިވާ ރޯދަ ޕެކޭޖާއި ބެހޭ މައުލޫމާތު ކޮފީ ރެސިޑެންސްގެ އެޕްލިކޭޝަން ނުވަތަ 7949494 އަށް ގުޅުއްވައިގެން ސާފު ކުރެވޭނެއެވެ. އަދި ރިޒަވޭޝަންސްތައް ވެސް އެ ނަންބަރު ނުވަތަ 3325559 އަށް ގުޅުއްވައިގެން ހެދޭނެއެވެ.

ކޮފީ ރެސިޑެންސް ހުންނާނީ މާލޭ ހެންވޭރު ޕެޓްރޯލް ޝެޑާއި އެމްޓީސީސީ ކަށަވަރު ޝޯރޫމް ދިމާލުން މެހެލި ގޯޅިއާއި ފިލިގަސް މަގު ގުޅޭ ކަންމަތީގައެވެ. ރެސްޓޯރެންޓުން އޯޑަރު ކުރާ ކާ ތަކެތި ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ކޮފީ ރެސިޑެންސްއިން ދަނީ ފޯރު ކޮށްދެމުންނެވެ.