ރާއްޖެއާ ކައިރީގައި އޮންނަ މަލިކާއި ލަކްޝަދީޕުގެ އަގާތީގައި އަސްކަރީ މަރުކަޒުތަކެއް އަޅަން ނިންމައިފިއެވެ.

މަލިކާއި ލަކްޝަދީޕްގައި އަސްކަރީ މަރުކަޒު އަޅަން ފެށުން އިފްތިތާހުކޮށް ދެއްވާނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންގެވެ. އެ ރަސްމިއްޔާތަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަޑައިގަންނަވާނީ އަންނަ މަހު 4-5 ހިސާބުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި ރަސްމިއްޔާތަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަޑައިގަންނަވާނީ އިންޑިއާގެ ބޮޑު މަނަވަރެއް ކަމުގައި އައިއެންއެސް ވިކްރަމްދިތުޔާއެވެ.

އެ މަނަވަރާ އެކީގައި އިތުރު 15 މަނަވަރާއި ސަބްމެރީން ފަދަ ކަނޑުގެ އަސްކަރީ އުޅަނދުތައް ދާނެ ކަމަށް ވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މިއީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ފްލީޓްގެ ބާރުގަދަ ކަން ދައްކާލުމަށް ކުރާ ކަމެއްގެ ގޮތުގައި އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ.

މަލިކުގައި އަސްކަރީ މަރުކަޒެއް އަޅަނީ މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް އެއާ ސްޓްރިޕެކެވެ. އަދި އަގާތީގައި އޮންނަ އެއާ ސްޓްރިޕް ތަރައްގީކޮށް ކުރުމަށް އިންޑިއާގެ ސަރުކާޜުން ވަނީ ނިންމައިފައެވެ.

އިންޑިއާގެ ހިންދުސްތާން ޓައިމްސް އިން ހާމަކޮށްފައިވާ ގޮތުގައި ލަކްޝަދީޕާއި މަލިކު އަދި އަންޑަމަންސް އެންޑް ނިކޯބާ އައިލެންޑްސް އޮންނަ ސަރަހައްދުތަކުގެ ގޮތުން އިންޑިއާއަށް މެރިޓައިމް ވިޔަފާރި ރޫޓުތައް ބަލަހައްޓައި، މެރިޓައިމް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ގޮންޖެހުންތައް އެބަހުއްޓެވެ. އެކަމަކު އަލަށް ދެ ސަރަހައްދުގައި ގާއިމުކުރާ އަސްކަރީ މަރުކަޒުގެ ސަބަބުން އެކަމަށް ހައްލެއް ލިބޭނެ ކަމަށް އޭގައިވެއެވެ.

ހިންދުސްތާން ޓައިމްސް އިން ބުނީ އަސްކަރީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަކީ މެރިޓައިމް ސެކިއުރިޓީއާ ގުޅޭ ގޮތުން އިންޑިއާއިން ދޭ ވަރުގަދަ މެސެޖެއް ކަމަށެވެ.

އިންޑިއާ ކަނޑުގެ ސިފައިންގެ ރާއްޖެއާ ކައިރީގައި ހަރަކާތްތެރިވާ މިންވަރު އިތުރު ކުރަން މި ވިސްނަނީ ކީއްވެ ކަމެއް އިންޑިއާ ސަރުކާރުން ބުނެދީފައެއް ނުވެއެވެ. އެކަމަކު، ރާއްޖޭގެ ހުއްދައާ އެކުގައި ޗައިނާގެ ރީސާޗް ކަނޑުގެ އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅޭތީ އެކަމުގެ ކަންބޮޑުވުން އިންޑިއާގެ އެބައޮތެވެ. އިންޑިއާ އިން ދެކޭ ގޮތުގައި އެއީ ޖާސޫސް ކުރުމުގެ ބޭނުމުގައި ވަދެގެން އުޅޭ ކަނޑުގެ އުޅަނދެކެވެ.

އިންޑިއާގެ ސިފައިންތަކެއް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސް ދޯނިތަކަކަށް އެރި މައްސަލައެއް ވެސް ދާދި ފަހުން ފެންމަތިވެ، އެކަމާ ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ދިވެހި ސަރުކާރުން ވަނީ އެކަން ހިނގި ގޮތް ބުނެދޭން އިންޑިއާ އަށް ރަސްމީކޮށް ހުށަހަޅައިފައެވެ. އެކަމަކު، މިހާތަނަށް އައިއިރު އިންޑިއާ އިން ޖަވާބެއް ދިން ކަން އަދި ސާފެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަތަރަސް

    ބަލަ ބޮޑުގައުމެއްވީމާ އޯކޭ ކޮބައި އަހަރެމެންގެ މިނިވަންކަން މިކަންކުރަންބާރުއަޅާކަމަންގިނަބަޔަކުބުނަނީ އިންޑިޔާގެ މުއްޕަޓުން ކާބަޔަކު އެއީ ކާޕެޓެމެންކަހަލަ މަރީމެން ހިންނަވަރު ކުޑަ މޯޑިމެން ކުޑަފައިސާކޮޅަކައައް ގައުމުވިއްކާލާފައި މިސަރުކާރަށާ ރައްޔަތުންނައްޖެއްސުންކުރަނީ މިވެރިންހައްޔަރުކުރޭ؟

  2. ސަފަރުކަތްދަ

    ކުރާނެ ކަމެއް ކުރަންވީނުން އަހަރުމެންނަށް ކީއް.
    އިންޑިޔާ އަހަރުމެންނަށް ދުއްތުރާ ނުޖައްސަންޏާ އޯކޭ ހަމަ. ދެން މަލިކު މިީހުން ހަމަިއގައި ތިބުނަ ނުދޭނެ މި މީހުން. ހުރިހާތަނެއް ހިސޯރު ކުރަން މޯދީ ބޭނުންވަނީ.

    3
    1
  3. މަރިޔަބު ދާތަ

    ދިވެހިންވެސް އަސްކަރީ ބޮޑު މަރުކަޒެއް އިހަވަންދިޕޮޅުގާ އަޅަންވީ އޭރުން އިންޑިޔާބޮލަށް ފަރުބަދައެއް ވެއްޓުންކަހަލަ ކަމަކަށްވާނީ އުންމީދުކުރަން ރމުއިއްޒު ބޭރަށް ކުރާދަތުރު ނިއްމާލުމަށްފަހު އާސް ޒަމާނީ އަސްކަރީ މަރުކަޒެއް އަޅާނެކަމަށް އިއުލާނުކުރާނެކަމަށް މިޔާއެކު ފަންނީ ގޮތުންނާ މައުނަވީ ގޮތުންވެސް އިންޑިޔާއަށް ވުރެން މާކުރީގަ ދިވެހިން މިޔަދުގެ ޖީލު މިއޮތީ ހަމައެކަނި ބޭނުންވަނީ މިރާއްޖެޔަށް ބޭނުންވާ އަސްކަރީ ސާމާނު ހޯދާދޭނެ ވެރިޔެއް އަދި މިޔަދުގެ ކުޑަކުދިން ސުކޫލު ފޮތުގެ ދެލިގަޑު އަކުރުން އަކުރަށް ހިތުދަސް ކުރުން ދޫކޮށްލާފަ ހީވާގި މަސަތްކަށް ކުރާބަޔަކަށް ހަދަމާ.....

  4. އިއްތިފާގު

    ލަކްޝަދީޕަށް އިންޑިއާގެ ބޮޑުވަޒީރު ވަޑައިގެން ދެއްވި އުފާވެރިކަމުގެ ޚަބަރުގެ ތެރެއިން އިންޑިއާއިން ޤާއިމްކުރާ ފުރަތަމަ އަޝްކަރީ ރިސޯޓް މަލިކުގައި ހުޅުވަން ތައްޔާރުވަނީއެވެ. އިންޑިއާގެ ފިލްމުއުފައްދާ ފަރާތްތަކަށް ލިބޭ އުފާވެރިކަމުގެ ޚަބަރެކެވެ. ފިލްމުތަކުގެ ފުބައިގައި ފަހުތަޅާލުންގަނޑު ލަކްޝަދީޕްގައި ނަގަން ލިބޭ ފަސޭހަކަމަކަށްވެގެންދާނެތާއެވެ.

  5. ޢަލީ

    އިންޑިއާސިފައިންނާއި އެމީހުންގެ އަސްކަރީމަރުކަޒުތަށް މޯލްޑިވްސް ބޯޑަރުއެތެރޭގަ ހުރެގެން ނުވާނެ!

    8
    1
  6. ހަނީ

    ދިވެހި ރާޖެގާ އަލައުނު އަސްކަމަރުކަޒް ސަރުކާރު ބަދަލްވީމާ އެކޮލަ ބަދަލްކޮށްލީ

  7. އޮއްބެ

    ތިތާގަގަ އުއްޑުން ޖެހޮފަ ބަންޑުން ގެހުނަސް އޯކޭ ތިޔައީ އެމީހުންގެ އަމިއްލަކަމެއް އަހަރެމެންނާ ބޭހޭކަމެއްނޫން

  8. ކަދުރޭ

    މަލިކަކީ ދިވެހި ރާއްޖޭގެ ބައެއް. މަލިކު އިންޑިއާ އައް ދިނީ ކާކު. މަލިކު މީހުން ވާހަކަ ދައްކަނީ ދިވެހި ބަހުން. މަލިކު އިންޑިއާގެ ދަށައް ދާން ޖެހުނީ ކީއްވެ. މު އިއްޒައް ގޮވާލަން މިމައްސަލަ ބަލާދިނުމ.

  9. ވާނުވާ

    އިންޑިޔާ މީހުނަށް ހީވާކަަހަލަ އިންޑިޔާ ކަނޑު ކިޔާތީ މީ އެމީހުންގެ އެކަނީ ކަނޑެކޭ. ރާއްޖެ ސަރަހައްދުގެ ކަނޑަށް ވަކިނަމެއް ފާސްކުރުން މުހިނަމުކަމަށް ފެނޭ.
    ޢިންޑިޔާމީހުން ރާއްޖޭގެ އުތުރު ސަރަހައްދު ހައިޑްރަގްރަފީ ސާރވޭ ކުރި މަގުސަދު މިހާ މިއިގުނީ. ޟިމީހުންގެ ސަބމެރިންތަށް ރާޖޭގެ ސަރަހައްދުހަ ދުއްވަން ޖެހި މަޅިއެއްމީ. ސަރވޭ ކުރި ހުރިހާ މައުލޫމާތުވެސް ދިވެހި ސިފައިންނަށް ނުދޭކަމަށް ބެލެވެނީ. މިކަމުގެ ީންމާ މިދިއަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަށް ނަގަންޖރހޭނެ.

  10. ވާނުވާ

    އިންޑިޔާއަށް ހީވާކަަހަލަ އިންޑިޔާ ކަނޑު ކިޔާތީ މީ އެމީހުންގެ އެކަނީ ކަނޑެކޭ. ރާއްޖެ ސަރަހައްދުގެ ކަނޑަށް ވަކިނަމެއް ފާސްކުރުން މުހިނަމުކަމަށް ފެނޭ.
    ޢިންޑިޔާމީހުން ރާއްޖޭގެ އުތުރު ސަރަހައްދު ހައިޑްރަގްރަފީ ސާރވޭ ކުރި މަގުސަދު މިހާ މިއިގުނީ. ޟިމީހުންގެ ސަބމެރިންތަށް ރާޖޭގެ ސަރަހައްދުހަ ދުއްވަން ޖެހި މަޅިއެއްމީ. ސަރވޭ ކުރި ހުރިހާ މައުލޫމާތުވެސް ދިވެހި ސިފައިންނަށް ނުދޭކަމަށް ބެލެވެނީ. މިކަމުގެ ީންމާ މިދިއަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަށް ނަގަންޖރހޭނެ.

  11. ލޮލް

    ރާއްޖެ އަކީ ވެސް އިންޑިއާގެ އަވަށެއް ނޫންތަ؟

    1
    5