ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި އިތުރު 195 މީހަކު ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އިސްރާއީލާގެ ހަމަލާތަކުގައި ފަލަސްތީނުގެ ބިމުގައި މިހާތަނަށް 28،858 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން ޣައްޒާގައި ވެސް 68،667 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ މުޅި ސަރަހައްދުގައި އެތައް ހާސް ބައެއްގެ ހަށިތައް ވަޅުލާފައިވާ ކަމަށް ބެލެވޭއިރު، އޭގެ މާނައަކީ ޝަހީދުވެފައިވާ މީހުންގެ އަދަދު އެއަށްވުރެ މާ މައްޗަށް ޖެހޭނެ ކަމެވެ.

މިގޮތުން މިހާރުވެސް 7،000 އަށް ވުރެ ގިނަ މީހުން ތިބީ އިމާރާތްތަކުގެ ދަށުވެފައި ކަމަށް ބުނެފައ ވެެއެވެ. އޭގެތެރެއިން 4،900 އަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.