އަފްޣާނިސްތާނުގެ ހާލަތާއި ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމަށް އައުމަށް ތޯލިބާނުން ހުށައަޅާފައިވާ ޝަރުތުތައް ގަބޫލު ނުކުރެވޭނެ ކަމަށް އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގެ އާންމު ދިރިއުޅުމުގެ ހާލަތާއި، އާންމު ސިއްހަތާއި އަދި އދ އިން އެހީތެރިކަން ފޯރުކޮށްދެވޭނެ އެހެނިހެން މުހިންމު ދާއިރާތައް ކަނޑައެޅުމަށާއި ދެނެގަތުމުގެ ބޭނުމުގައި ޤަތަރުގެ ވެރި ރަށް ދޯހާގައި ބޭއްވި މި ބައްދަލުވުމަކީ އދ އިން އިސްނަގައިގެން ބޭއްވި ބައްދަލުވުމެކެވެ.

" އަހަރެންނަށް ވަނީ ތޯލިބާނުންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވާން ޝަރުތުތައް ބަޔާން ކޮށް ސިޓީ އެއް ލިބިފައި. މިއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ޝަރުތުތަކެއް ނޫން." ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ގުޓަރޭސް ވަނީ ވިދާޅުވެފައެވެ.

ތޯލިބާނުންގެ ޝަރުތުތަކުގެ ދަށުން އަފްޣާނިސްތާނުގެ އެހެނިހެން ފަރާތްތަކާއި ވާހަކަ ދައްކާ މަޝްވަރާ ކުރުން މަނާ ކުރާ ކަމަށާއި އެ ޝަރުތުތައް ހުރީ ތޯލިބާނުގެ ސަރުކާރު ބަލައިގަންނަން މަޖުބޫރުވާ ފަދަ ގޮތަކަށް ކަމަށް ގުޓަރޭސް ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ހާލަތާއި ގުޅޭ ގޮތުން އެކި އެކި މެންބަރު ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކާއި އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ސަފީރުންނާއި މަންދޫބުންނާއި އެކީ ބޭއްވި 2 ދުވަހުގެ މަޝްވަރާ ބައްދަލުވުން އިއްޔެ ވަނީ ނިންމާލާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ތޯލިބާނުން ބައިވެެރިވެފައެއް ނުވެއެވެ.

ތޯލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެމެރިކާގެ ސިފައިން އެ ގައުމު ދޫކޮށް ދިޔުމުންނެވެ. ނަމަވެސް އެއްވެސް ގައުމަކުން އަދި ތޯލިބާންގެ ސަރުކާރު ރަސްމީ ސިފައެއްގައި ބަލައިގަނެފައެއް ނުވެއެވެ.

އަންހެނުން ތައުލީމު ހޯދުމާއި ވަޒީފާއަދާކުރުން މަނާކޮށްފައި އޮއްވާ ތޯލިބާނުގެ ސަރުކާރު ބަލައިނުގަނެވޭނެ ކަމަށް އދ އިން ވަނީ ބުނެފައެވެ. ނަމަވެސް ތޯލިބާނުން ބުނަމުންދަނީ އެ ކަންކަމަކީ އެގައުމުގެ އަމިއްލަ ކަމެއް ކަމަށާއި އެކަމަށް ބޭރުގެ ފާޑުކިޔުންތައް ބޭނުން ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޔަހުޔާ.

    ދީނުގެ އަދުއްވުން. ޒަޔަނިޒަމް. ދީނުގެ ހަލާކު ފަގުޑި ގުރޫޕު.

    7
    11
    • Anonymous

      ޔަހުޔާ ނަމާދައްއެރިންތަ މިއަދު؟ ދީންދަންނަ މީހާ

    • Anonymous

      ދީނުގެ އަދުއްވުން ކީއްވެޔޯ 20އަހަރުވަންދެން ހުޅަނގުނެ ކާފަރުންނާދެކޮޅައް ހަނގުރާމަކޮއް ބަލިކޮއް އިސްލާމީ ޝަރީއާ ގާއިމުކުރީ؟ ދީނުގެ އަދުއްވުން ދީނާގައުމައްޓަކާ ހަނގުރާމަކުރޭތަ؟ ކީއްވެބާ ހުޅަނގުގެ ޕަޕެޓުންނައްނުވީ އޭރައް ލާރިދޭނެ ވެރިކަންލިބުނީ.
      މޮޔަނުގޮވާ ދޮންކަލޯ

    • Anonymous

      ފަގުޑި ގުރޫޕުން ކުރީ ކޮން ކަމެއް؟ އަފުޣާނިސްތާނު ފަނާކުރީ އެމެރިކާ ނޫންތަ؟

  2. Anonymous

    ތޯލިބާނުން ބޭނުންވަނީ އިސްލާމީ ޝަރީއަތްގާއިމުކުރަން، އެކަމަު ހުޅަނގުންނާ ކުރީގެ ޕަޕެޓް ސަރުކާރުން ބޭނުންވަނީ ހުޅަނގުގެ ޑިމޮކްރަސީ ގާއިމްކުރަން. އެލްޖީބީޓީކިއު އާ ހުރިހާއެއްޗެއް. މިޒަމާނުގަ އިސްލާމީ ވެރިކަމެއްކުރުން ވަރައް އުދަގުވާނެ. ހަމަ އަލިފާން އެއީ ހުޅަނގައް.

  3. Anonymous

    މިމީހުން މޮޔަވަނީ އަފްގާން އަންހެން ކުދިންނައް ސުކޫލައް ނުދެވޭތީއޯ، އެކަމު ގާޒާގަ އަންހެނުން މަރާ ޗިސްޗިސްކުރުން އޯކޭ. ހުޅަނގު ހިއްހަމަޖެހޭނީ އެމީހުން ބުނާގޮތައް އުޅުމުން. މުސްލިމުންޖެހޭތަ އެމީހުނައް ތަބާވާން؟؟

    3
    1
  4. މޫސަބޭ

    ޒަޔަނިޒަމެއް ފަގުޑިޒަމެއް، ނޭގުނަސް ކޮންމެވެސް އެއްޗެއް ލިޔެލީދޯ؟