އިންޑިއާގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާ ގުރޫޕް އޮފް ކޮމްޕެނީސް ގެ ޖުމްލަ މިލްކިއްޔާތުގެ އަގު މުޅި ޕާކިސްތާނުގެ ގްރޮސް ޑޮމެސްޓިކް ޕުރޮޑަކްޓް (ޖީޑީޕީ) އަށް ވުރެ ބޮޑު ކަމަށް މާލީ ރިޕޯޓް ތަކުން ދައްކައިފިއެވެ.

އިންޑިއާގެ އެންމެ ކާމިޔާބު އެއް ކުންފުނީގެ ގޮތުގައި ފާހަގަ ކުރެވޭ ޓާޓާ ގުރޫޕް އޮފް ކޮމްޕެނީސް އަކީ އެކި ދާއިރާތަކުން ވިޔަފާރިތަކުގައި ފުޅާ ދާއިރާ އެއްގައި ހަރަކާތްތެރި ވަމުން އަންނަ ކުންފުންޏެކެވެ. ޓާޓާ ގުރޫޕް އޮފް ކޮމްޕެނީސް އަކީ އެތައް ސަތޭކަ ކުންފުނިތަކެއްގެ މައްޗަށް އެކުލެވިގެންވާ ބޮޑު ގުރޫޕެކެވެ.

ޓާޓާ ގުރޫޕް އޮފް ކޮންޕެނީސްގެ އެންމެ ފަހުގެ ބާޒާރުގެ އަގަކީ 365 ބިލިއަން އެމެރިކާ ޑޮލަރެވެ. އަދި މާލީ ރިޕޯޓް ތަކުން ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ އެންމެ ފަހުގެ ޖީޑީޕީ އަކީ 341 ބިލިއަން އެމެރިކާ ޑޮލަރެވެ. އެހެންކަމުން ޕާކިސްތާނުގެ މުޅި އިގުތިސޯދަށް ވުރެ ޓާޓާ ގުރޫޕް އޮފް ކޮންޕެނީސް މުއްސަންޖެވެ.

ޕާކިސްތާނުގެ އިގުތިސޯދަށް 2011 ވަނަ އަހަރުން ފެށިގެން ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. އަދި އޭގެ ފަހުން މިއަދާއި ހަމައަށްވެސް ޕާކިސްތާނުގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރު ކަމުން އަރައިގަންނަން އެގައުމުން ވަނީ ނުކުޅެދިފައެވެ.

އެގޮތުން އެ ގައުމުގެ ބޭރުގެ ދަރަނި 2 ގުނަ އިތުރުވެފައިވާ އިރު، ޕާކިސްތާނުގެ ސަރުކާރުގެ ގައުމުގެ އެތެރޭގެ ދަރަނި ވަނީ 6 ގުނަ އިތުރުވެފައި ކަމަށް ވޯލްޑް ބޭންކުންނާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔަހުޔާ.

    ޕާކިސްތާނުގަ އިންވެސްޓުކުރަނީ ދީނަށް. އެމީހުން އެއީ އެންމެގިނަ ކައްޒާބުން ތަމްރީނުކުރި މީހުން. އަފްޣާނު ސޫރިއާ ލީބިއާގަ އެއުޅެނީ އެމީހުންގެ އިސްވެސްޓުތައް.

  2. ޗިޔާން

    މައިކުރޯ ސޮފްޓު ޓާޓާ ކުންފުންޏަށް ވުރެ 4 ގުނަ އަގުބޮޑު.

  3. ބުރޯ

    އެމެރިކާއެއް ނޫންތަ ތިޔަބުނާ ތަންތާގަ އިންވެސްޓް ކުރީ