އަޑިއަޅާލައިފައިވާ ޕާކިސްތާނުގެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް ( އައިއެމްއެފް) އިން 6 ބިލިއަން ޑޮލަރުގެ ލޯނެއް ނަގަން ފާކިސްތާނުން އެދެފިއެވެ.

ބުލޫމްބާގް ނިއުސް އިން ޕާކިސްތާނުގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ބުނެފައިވަނީ ޕާކިސްތާނުން މިހާ ބޮޑު ލޯނެއް ނަގަން އެދިފައި މިވަނީ މި އަހަރަށް ހަމަވާ ވަރަށް ބޮޑެތި ދަރަނި ތަކެެއް ހުރުމުން ކަމަށާއި، އައިއެމްއެފް ގެ ލޯނާއި ނުލައި އެ ދަރަނިތައް ދެއްކުމުގެ ކުޅަދާނަ ކަން ޕާކިސްތާނުގެ އިގްތިސޯދުގައި ނެތް ކަން އެ ގައުމުގެ އައު ސަރުކާރުން ގަބޫލު ކުރާތީ ކަމަށެވެ.

ޕާކިސްތާނުން އައިއެމްއެފް ގެ ލޯނަށް އެދުމުން އެ ގައުމަށް އައިއެމް އެފް ގެ ގިނަ ޝަރުތު ތަކަކަށް އެއްބަސްވާން ޖެހޭނެއެވެ. ޕާކިސްތާނުގެ ސަރުކާރުގެ އޮފިޝަލް ބުނެފައިވަނީ އެ ގައުމުން އައިއެމްއެފް އާއި ވާހަކަ ދައްކަމުން ދަނީ ލޯނު ދައްކަން ޖެހޭ މުއްދަތު ގިނަ ދުވަސްތަކަކަށް ބަހާލުމަށް ކަމަށެވެ.

ޕާކިސްތާނު ބަނގުރޫޓްވުމުގެ ތުންފަތްމަތީ އޮއްވާ މިދިޔަ އަހަރު ސަލާމަތް ކޮށްދިނީ އައިއެމްއެފް އިންނެވެ. ނަމަވެސް އެ ޕްރޮގްރާމް މިއަންނަ މަހު ހަމަވާއިރު ޕާކިސްތާނުގެ ސަރުކާރަށް މިހާރު ވަނީ އެ ގައުމުގެ 350 ބިލިއަން ޑޮލަރުގެ އިގްތިސޯދު ދަމަހައްޓަން އިތުރު ލޯނެއް ހޯދުމަށް މަޖުބޫރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު