ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ އަނބިކަލުން ބޭގަމް ކުލްސޫމް އިއްޔެ އަވަހާރަވެފައިވާއިރު، ޕާކިސްތާނުގައި ހައްޔަރުކޮށްފައި ހުރި ފިރިކަލުން ނަވާޒް އާއި ކުލްސޫމްގެ އެންމެ ފަހުގެ ބައްދަލުވުމުގެ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ނަވާޒް އާއި ކުލްސޫމް އެންމެ ފަހުން ދިމާވެފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ އޭނާ ލަންޑަނުގައި ހުންނެވުމަށްފަހު ލާހޫރްއަށް ފުރުމުގެ ކުރިންނެވެ.

ކެންސަރުގެ އާލާސްކަންފުޅަކަށް އިނގިރޭސިވިލާތުގެ ލަންޑަންގައި ފަރުވާ ދެމުން ގެންދަވަނިކޮށް ކުލްސޫމް އަވަހާރަވި އިރު، ފިރިކަލުން ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ތިއްބެވީ ޕާކިސްތާންގައި ހައްޔަރު ކޮށްފައެވެ.

ނަމަވެސް ފިތުރު އީދުގެ ކުރިން މަރްޔަމްވެސް ވަނީ މަންމާފުޅާ ބައްދަލުކުރުމަށް ލަންޑަނަށް ގޮސް އެކުގައި ވަގުތު ހޭދަކޮށްފައެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ ނަވާޒް އޭނާގެ އަނބިކަލުން ކުލްސޫމް އަށް އަވަސް ޝިފާއަކަށް އެދި އަދި ހިތްވަރު ގަދަ ކުރެއްވުމަށް ނަވާޒް ދުއާ ކުރާ މަންޒަރެވެ.

އޭގެ އިތުރުން ނަވާޒް ކުލްސޫމް ކުރެ ލޯ ހުޅުވާލުމަށް ބުނާ އަޑުވެސް މި ވީޑިއޯ އިން އިވެއެވެ.

ނަވާޒްގެ މި އެދުމަށް އިޖާބަ ދިނުމަށް ކުޑައިރުކޮޅަކަށް ކުލްސޫމް ލޯ ހުޅުވާލި ކަމަށާއި އެފަދަ ހާލުގައި އޮތްވާ ކުލްސޫމްއާއި ވަކިވެ، އެނބުރި ޕާކިސްތާނަށް ދާން ޖެހޭތީ އިންތިހާއަށް ދެރަވާ ކަމަށްވެސް ނަވާޒް ފުރުމުގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކުލްސޫމް ކެންސަރަށް ފަރުވާ ހޯއްދަވަން ފެއްޓެވީ 2017 ވަނަ އަހަރު އެވެ. އުމުރުފުޅުން 68 އަހަރުގައި އޭނާ އަވަހާރަވީ އަންގާރަ ދުވަހު ހެނދުނު ހާލުކޮޅު އިތުރަށް ގޯސްވުމުން ލައިފް ސަޕޯޓްގައި ފަރުވާ ދެމުން ދަނިކޮށް އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

1971 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ނަވާޒް އާއި ކުލްސޫމް ކައިވެނި ބައްލަވައިގަނެފައިވާއިރު، މި ގުޅުމަށް ހަތަރު ބޭފުޅުން ވަނީ ލިބިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    1ޮެ

  2. Anonymous

    ޕަކާސް. ހުންނާނެ އަލާފިލާފަ

    • Anonymous

      ކިތައް ރުލިއައިކަމުގާވިޔަސް ބްދުވަރު