އިސްރާއީލުގެ އަސްކަރިއްޔާ އަކީ އަނިޔާވެރިކަމުގައި އެއްވެސް ހައްދެއް ދަންނަ ބައެއް ނޫން ކަމަށް ބްރެޒިލްގެ ސަރުކާރުން ބުނެފިއެވެ.

ބްރެޒިލްގެ ސަރުކާރުން އިސްރާއީލުގެ އަނިޔާވެެރި ސިފައިންނާއި ގުޅިގެން އެފަދައިން ވާހަކަ ދައްކާފައި މި ވަނީ ފަލަސްތީނުގެ ޣައްޒާގައި އެހީގެ ޓުރަކްތައް ކައިރިއަށް އެހީ ހޯދަން އެއްވި ޣައްޒާގެ އާންމު ރައްޔިތުންނާއި ދިމާލަށް ބަޑި ޖެހި ހާދިސާ އާއި ގުޅިގެންނެވެ. އެހީ ހޯދަން އެއްވެ ތިބި މީހުންނަށް އިސްރާއީލު ސިފައިން ދިން ހަމަލާ ތަކުގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

" ފަލަސްތީނުގެ ޣައްޒާ އިން ބަޔަކު މިދަނީ ގަސްތުގައި އިންސާނިއްޔަތު ނައްތާލަމުން. އަހަރެމެން އެންމެން މިކަމާއި ދެކޮޅަށް ނުކުމެ މިކަން ހުއްޓުވަން އެބަ ޖެހޭ. މުޅި ދުނިޔެ އެއްކޮށް ނުކުމެ މި ގަތުލްއާންމު ހުއްޓުވަން އެބަޖެހޭ." ބުްރެޒިލްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތައް އެންމެ ބޮޑަށް ކުށްވެރި ކުރާ އެއް ގައުމަކީ ބްރެޒިލް އެވެ. ބުރެޒިލް އިން ވަނީ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ އަނިޔާވެރި ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް ގޮވާލާފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ދެވަނަ ބޮޑު ހަނގުރާމައިގައި އެޑޮލްފް ހިޓްލަރު ޔަހޫދީންނާއި ދެކޮޅަށް ހިންގި ގަތުލުއާންމާއި އެއްވަރު ކޮށް ބްރެޒިލް ގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާ ދެއްކެވި ވާހަކައާއި ގުޅިހެން އިސްރާއީލާއި ބްރެޒިލް އާއި މެދު ބަހުގެ ހަމަލާތައް ބަދަލު ކުރެވި މަސްރަހު ވަނީ މިހާރުވެސް ހޫނުވެފައެވެ.

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ގަތުލްއާންމު ގައި މިހާތަނަށް 30،000 ހާހަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.