ފަލަސްޠީނުގެ 45،000 މީހުން ޒަޔަނިސްޓް ދުޝްމަނުންގެ ހުރަސްތަކާއެކުވެސް، ބަރަކާތްތެރި އަލްއަޤްޞާ މިސްކިތުގައި ހޮނިހިރު ދުވަހުގެ ރޭ ޢިޝާ އާއި ތަރާވީޙް ނަމާދުކޮށްފައެވެ.

އަލްޤުދުސްގެ އިސްލާމިކް އެންޑޯމަންޓްސް ޑިޕާޓްމަންޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަރަކާތްތެރި އަލްއަޤްޞާ މިސްކިތާއި އެމިސްކިތުގެ ނިވާކުރެވިފައިވާ ނަމާދު ކޮޓަރިތަކުގެ ތެރޭގައި ގާތްގަނޑަކަށް 45،000 އެއްހާ މީހުން ޢިޝާ އާއި ތަރާވިޙް ނަމާދު ކޮށްފައިވެއެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ފުލުހުން ވަނީ އަލްއަޤްޞާގެ ދޮރާއި އަލްޤުދުސްގެ މައި ދޮރުތަކުގައި އިޖުރާއަތްތައް ހަރުކަށިކޮށް، އެތައް ސަތޭކަ ޒުވާނުންނެއް އަނބުރާ ފޮނުވާލައި، އާދީއްތަ ދުވަހުން ފެށިގެން ފަށާ ޔަހޫދީ ޗުއްޓީތަކާ ގުޅިގެން އަލްއަޤްޞާއަށް ވަނުމަށް ހުރަސް އަޅާފައެވެ.

ޔަހޫދީންގެ ޕޫރީމްގެ ޗުއްޓީ ފާހަގަކުރުމަށް އަލްއަޤްޞާ ސަރަހައްދަށް ގިނަ ބަޔަކު އަންނާނެކަމަށް ބެލެވެއެވެ. އެކަން ހޯމަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށްވެއެވެ.

ހުޅަނގު އައްސޭރީގެ ގަވަރުނަރުންގެ އެތައް ހާސް ރައްޔިތަކު މާތްވެގެންވާ އަލްއަޤްޞާ މިސްކިތުގައި ނަމާދުކުރުމަށް އަލްޤުދުސްއަށް ދިއުމުގެ ފުރުޞަތު ފުލުހުން ގެއްލުވާލަނީ އެ ސިޓީގެ ވަށައިގެންވާ އަސްކަރީ ޗެކްޕޮއިންޓްތައް ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން ހިފާފައިވާ އަލްޤުދުސް އާއި 1948 ވަނަ އަހަރުގެ ސަރަޙައްދުތަކުގެ ތެރެއިން ވެސް މިސްކިތަށް މީހުން ވަނުމަށް ހުރަސްއެޅި، މުސްކުޅި ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކާއި އަލްއަޤްޞާގެ ދޮރުމަތީގައި އެމިސްކިތުން އަޅާފައިވާ އަސްކަރީ ފިޔަވަޅުތަކާއި ހުރަސްތަކުގެ ޒަރިއްޔާއިން މިސްކިތަށް ވަނުމަށް ހުރަސްއެޅިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު