މުސްލިމުު ގައުމުތަކުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް މިސް ޔުނިވާސް މުބާރާތުގައި ސައުދީ އަރަބިއްޔާގެ ކުއްޖަކު ބައިވެރިވާން ނިންމައިފިއެވެ.

ސައުދީގެ ދިދަ ފުރަތަމަ ފަހަރަށް ރީތީގެ ރާނީގެ ސްޓޭޖަށް ގެންދަނީ ވެޓެރަން އަދި އިންސްޓަގްރާމްގައި އެއް މިލިއަން ފޮލޯވަރުން ތިބި އިންފްލޫއެންސަރެއް ކަމަށްވާ ރޫމީ އަލްކަހްތާނީއެވެ. އުމުރުން 27 އަހަރުގެ ރޫމީ މި މުބާރާތުގައި ބައިވެރިވާކަން މިދިޔަ ހޯމަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.

މިސް ޔުނިވާސް 2024 މުބާރާތުގައި ބައިވެރިވުމަކީ އޭނައަށް ލިބުނު ޝަރަފެއް ކަމަށް ރޫމީ ބުނެފައިވެއެވެ.

"އަޅުގަނޑުގެ ކޮންޓްރިބިއުޝަންތަކަކީ ދުނިޔޭގެ ސަގާފަތްތަކާ ބެހޭ ގޮތުން ދަސްކުރުމާއި ސައްހަ ސައުދީ ސަގާފަތާއި ތަރިކަ ދުނިޔެއަށް ދެއްކުން،" ރޫމީ އަރަބް ނިއުސް އަށް ބުނެފައިވެއެވެ.

ސައުދީގެ ރިޔާދަށް އުފަން އަލްގަހުތާނީ އަކީ މިފަދަ މުބާރާތްތަކަށް އާ މީހެއް ނޫނެވެ. ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެފައިވާއިރު، ވަރަށް ފަހުން މެލޭޝިއާގައި ބޭއްވި މިސް އެންޑް މިސިސް ގްލޯބަލް އޭޝިއަންގައި ވެސް ރޫމީ ބައިވެރިވިއެވެ.

މިސް ސައުދީ އަރަބިއްޔާގެ ތަށި ލިބުމުގެ އިތުރުން މިސް މިޑިއަލް އީސްޓް، މިސް އަރަބް ވޯލްޑް ޕީސް 2021، އަދި މިސް ވުމެންގެ ލަގަބު ވެސް އޭނާ ވަނީ ހޯދާފައެވެ.

މިދިޔަ އަހަރު މިސް ޔުނިވާސްގެ ލަގަބު ލިބިފައި ވަނީ ނިކަރާގޫއާ ޝެއިނިސް ޕަލަސިއޯސް އަށެވެ. ފުރަތަމަ ފަހަރަށް ނިކަރާގޫއާގެ ވާދަވެރިއަކު މުބާރާތުގެ އެއްވަނަ ހޯދިއިރު ތައިލެންޑްގެ އެންޓޯނިއާ ޕޯސިލްޑް އާއި އޮސްޓްރޭލިއާގެ މޮރާޔާ ވިލްސަން ވަނީ ދެވަނަ އާއި ތިން ވަނަ ހޯދައިފައެވެ.

މި ހަރަކާތުގެ އިންތިޒާމް ކުރާ ފަރާތްތަކުން މިދިޔަ އަހަރު ވަނީ ދެން ބާއްވާ މިސް ޔުނިވާސް މުބާރާތް މެކްސިކޯގައި ބާއްވާނެކަން އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ތޮނޔ

    ސައުދީން އަދި އޮރިޔާން ފިލްމުވެސް ކުޅޭނެ

    29
    1
    • Anonymous

      ޢެބަ ކުޅޭ މިހާރުވެސް އެ ޔަހޫދީ ސަލްމާން އާއި އޭނާގެ ޫއޫރު

      5
      1
  2. 12121

    މިއީ ކިހިނެއް ވާކަމެއްތަ!!!! މިއުޅޭ އިލްމްވެރިން ބުނަނީ ކީކޭބާ!!! ހަނު ތިބޭނީބާ!!!!!ކޮންމެ ބަޔަކު ކުރިއަސް މީ ރަގަޅު ކަމެއް ނޫން!!!!

    35
    3
  3. ސާމް

    ކޮބާ ކަމެއްހެން ހީވޭ.. ސައުދީއިން އިސްލާމްދީނުގައި ކޮޅުފައި ޖެހުން ނޫންތޯ މިއީ.؟

    37
    2
  4. ނިބާލް

    ''ސަޢޫދީ ޢަރަބިއާ'' މުސްލިމް ޤައުމުތަކުގެ ވެރި ޤައުމަކަށް އޮވެގެން އިސްލާމްދީނުގެ ދާއިރާއިން މުސްލިމް ޤައުމުތަކަށާއި މުޅި ދުނިޔެއަށް މިއަދާއި ހަމައަށް ދައްކަމުން އައި އިސްލާމް ދީނުގެ ރިވެތި ނަމޫނާގެ މީޒާނުގެ މަތިން އެޤައުމު ކައްސާލައި ހުޅަނގުގެ ޤައުމުތަކުގެ ގޮތްތަކަށް އެޤައުމުގެ ކަންކަން ބަދަލުވެ ނިމިއްޖެ. ހުޅަނގުގެ ޤައުމުތަކުގެ މަސައްކަތުން ސަޢޫދީ ޢަރަބިއާ މިޙާލަތަށް ވައްޓާލުމަށްފަހު ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާ އަކަށް ފެންނަނީ ހުރިހާ މުސްލިމް ޤައުމު ތަކުގެ ކުރިމަތީގައި މުސްލިމުންގެ 03ވަނަ ޙަރަމްފުޅު މަސްޖިދުލް އަޤުޞާ އަށާއި އެމިސްކިތުގައި ނަމާދު ކުރަންދާ މުސްލިމުންނަށް ނަމާދު ކުރުމަށް ފުރުޞަތު ނުދީ އަނިޔާ ކުރުމާއި ފަލަސްޓީނުގެ މުޅިބިން ފޭރި ގަތުމަށްޓަކައި އެބިމުގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުން މެރުމުގެ ބޮޑު ޤަތުލުޢާންމެއް ހުއްޓާނުލާ ހިންގަމުން ގެންދިއުން.

    30
    3
  5. އިސްލާމް

    ޔާﷲ މުސްލިމުންގެ ވެރިންގެ ހިތްކަށް އިސްލާމްދީނުގެ އެންމެ ޞައްޙަގޮތް ވައްދަވާ، ވިޔާނުދާކަންކަން ފެތުރުމުން އިސްލާމީ މުޖުތަމޢު ސަލާމަތްކުރައްވާންދޭވެ. އަދި ދީނަށް ފުރައްސާރަވާ ކަންކަން ކުރާ ވެރިންގެ ކިބައިިން އިސްލާމީ ޤައުމުތައް ސަލާމަތް ކުރައްވާންދޭވެ. އާމީން!

    37
    • Anonymous

      މުސްލިމު ވެރީން މިހާރު އެތިބީ މުރުތައްދުވެފަ

      7
      1
  6. ހުވަދު

    ދެން އޭގެ މާނައަކީ އެކަން ހަލާލު ވީކީއެއްނޫން.

    10
  7. ހުސްވައުދު

    ސައުދީން އަދި އޮރިޔާން ފިލްމުވެސް ކުޅޭނެ، ރަސްކަމުގެ ކިއްލާގެ މީހުންވެސް ފެނުންގާތް! ދުނިޔެ ނިމޭނީ ނަޖިދު ކަރައިން ދައްޖާލުވެގެން ނަޖިދު ކަރައަކީ ރިޔާޒި ހިމެނޭ ސަރަހައްދު ހިޖާޒުކަރައަކީ މައްކާ މަދީނާ ހިމެނޭ ސަރަހައްދު! އިގިރޭސިން ގަދަކަމުން ނަޖިދުގެ މީހުންނަށް ހޯދަނިންވެރިކަމެއ1

    5
    2
  8. ނަޝީދު

    ޔާ ﷲ އިސްލާމީ ވެރިންނޭ މިކިޔާ ނުބައި ނުލަފާ ބައިގަނޑައް ގަދަފަދަ އުގޫބާތެއް ފޮނުއްވާންދޭވެ.

    7
    4
  9. Anonymous

    ތިދަނީ ނުބައި މިސްރާބަކައް. ކާފަރުން ކުރާ ހުރިހާކަމެއް އެބަޖެހޭކުރަން.

    7
    1
  10. ޅާމް

    މީނާ އެހެންވީމާ ބިކިނީ ކޮންޓެސްޓަށްވެސް އަރާނެތާ.؟

  11. ޅާމް

    ނިކީ މިނާޖް ފަދަ މިއުޒިކީ ޝައިތާނުން ގެނެސް ކޮންސެޓު ބާއްވައި ސައުދީ ޒުވާނުން މަގުފުރައްދަމުން އެ ގައުމުގެ ވެރިމިހާ އެދަނީ.

  12. ހިކި ކިރު

    ސަލަފޫ ކޮބާ އިނބަމެންގެ ބަހަކީ މިކަމުގައި!

  13. ސަމީ

    ހީވާގޮތުން ތި މީހުން މިފަހަރު 1 ވަނަވެސް ދޭނީ މީނަ އަށްހެން ހީވަނީ، އެއީ އެމިހުން ޢާއްމު ކޮން ކަންތައް ކުރާ ގޮތް، ސަލްމާން ރުޝްދީ ، އަދިވެސް އެފަދަ މީސްމީހުންނަކީ އެމީހުންގެ ބޮލުގަ މި މީސްމީހުން ޝައިތޯނީ ތާޖު އަޅުވަމުން ދުވާ ބައެއް. މުސްލިމުންގެ ތެރެއިން ބަޔަކު ނުބައި ކަމެއް ކުރާ އިރަށް އެކަމަށް ހިތްވަރުދޭން ތިބޭ ބައެއް މީ،
    ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް ﷲ ގެ ރޭއްވެވުން މަތިވެރިވެ ވޮޑިގެންވޭ