ޔަހޫދީންގެ ދީނީ ޕާސްއޯވާ ޗުއްޓީއަށް ފަހު ނޫނީ ޔަަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން އީރާނަށް ހަމަލާނުދޭނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަހޫދީންގެ ޕާސްއޯވާގެ ޗުއްޓީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށް ހަމަވަންދެން އިސްރާއީލުން އީރާނަށް ހަމަލާނުދޭނެއެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އޭބީސީ ނިއުސް އިން ބުނެފައި ވަނީ އެހެން އެކަން އޮތް ނަމަވެސް އިސްރާއީލުން އެމީހުންގެ ނިޔަތް ބަދަލުކޮށް ހަމަލާދިނުމަށް ނިންމަފާނެ ކަމަށެވެ. ވީމާ ކޮންމެ ވަގުތެއްގައި ވެސް މަޝްރަހު ބަދަލުވެދާނެ ކަމަށެވެ.

މި އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ސީރިއާގެ ވެރި ރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން މިދިޔަ ހަފުތާގައި އީރާނުން ޔަހޫދީ ދައުލަތަށް އަމާޒުކޮށް 300 އަށް ވުރެ ގިނަ ޑްރޯން އާއި މިސައިލް ފޮނުވާލުމާ ގުޅިގެން ޔަހޫދީންނަށް އެކަން އުޅެނީ އަދި ވެސް ޤަބޫލުނުކުރެވި ހަޖަމް ނުވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީ އިސްރާއީލްގެ ހަނގުރާމައިގެ ކެބިނެޓްގެ އާ ބައްދަލުވުމެއް މިއަދު އަނެއްކާވެސް ބާއްވަން ވަނީ ނިންމައިފައެވެ. ޔަހޫދީން އިރާނަށް ހަމަލާދިނުމަށް ކެތްމަދުވެފައި ވީ ނަމަވެސް ޔަހޫދީންގެ އެކުވެރި އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ އެކަން ނުކުރުމަށް ޔަހޫދީ އިސްރާއީލަށް އަންގާފައެވެ.

އެމެރިކާފެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާ އިން ވަނީ އިރާނާއި ދެކޮޅަށް ހިންގާ އެއްވެސް އަސްކަރީ ހަރަކާތެއްގައި އެ ގައުމުން ބައިވެރި ނުވާނެ ކަން ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޔަހޫދީންގެ ނިމުން ގާތްވަނީ

    28
  2. ފަޔާޒް

    ޔަޙޫދީންނަށް ހަލާކުހުރި

    13