ހުޅަނގު އޮސްޓްރޭލިއާގެ ޑަންސްބަރޯގެ ގޮނޑުދޮށަށް ލެއްގި 130 ބޮޑުމަސް ސަލާމަތްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އިއްޔެގެ ވަގުތެއްގައި އޮސްޓްރޭލިއާގެ ގޮނޑުދޮށް ވަނީ 160 ބޮޑު މަސް ލައްގާފައެވެ. މީގެތެރެއިން 28 ބޮޑުމަސް ވަނީ މަރުވެފައެވެ. އަދި މީގެ ތެރެއިން ސަލާމަތް ވެފައިވަނި 130 ބޮޑުމަސް ކަމަށް ވެސް ވަނީ ބުނެފައެވެ.

ބޮޑުމަސް ގޮނޑުދޮށަށް ލައްގާތީ ޖަނަވާރު އަދި ކަނޑުގެ ދިރުންތަށް ދިރާސާ ކުރާ ފަރާތްތަކުން ހެދި ދިރާސާއަކުން އެނގިފައިވަނީ އައިނު އައިނަށް ދަތުރުކުރާ ބޮޑޮމަސްތައް އެއްގަމަށް ލައްގަނީ އެ ސޮރުމެންނަށް މަގު އޮޅި ނުވަތަ އެހެން އެއްޗެއްގެ ޝިކާރައަކަށް ވުމުން ދަތުރުކުރާ މަގު ބަދަލު ކުރުމުންނެވެ.

ބޮޑުމަސްތައް ގޮނޑުދޮށަށް ލައްގާފައިވާ މަންޒަރަކީ "ފުރިހަމަ މަންޒަރެއް" ކަމަށް ބުރާސްފަތި ދުވަހު ސަލާމަތީ އޮޕަރޭޝަންގައި ބައިވެރިވި ޖިއޮގްރާފް މެރިން ރިސާޗް ގްރޫޕްގެ ވެރިޔާ، އިއަން ވީސް ވިދާޅުވިއެވެ.

ބީޗުތަކަށް ލައްގާ ބޮޑުމަސްތައް އާންމުގޮތެއްގައި އެންމެ ގިނައިރަށްވެސް ދިރި އޮންނަނީ ހަ ގަޑިއިރަށެވެ. އޭގެ ފަހުން ފެން މަދުވެ އެ މަސްތައް މަރުވާ ކަމަށް ކަނޑުގެ ޖަނަވާރުތަކާ ބެހޭ ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އަދި ޑީޕީއޭޑަބްލިއުގެ ވައިލްޑްލައިފް އޮފިޝަލުންގެ އިތުރުން ތަޖުރިބާކާރު ވެޓެރިނަރީ ޑޮކްޓަރުން ވެސް ހާޒިރުވެ، ވީހާވެސް ގިނަ ބޮޑުމަސް ސަލާމަތް ކުރަން މަސައްކަތް ކުރިއެވެ.

މީގެ އިތުރުންވެސް އާންމު ރައްޔިތުން ވެސް ވަނީ މި ކަމުގައި ބައިވެރިވެ ބޮޑުމަސްތައް ސަލާމަތްކުރުމަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބީޗަށް ލައްގާފައިވާ ބޮޑުމަސްތައް ބަލާލުމަށް އެތަށް ހާސް ބަޔަކު ވަނީ ޖަމާވެފައެވެ. އަދި އެ އެއްޗެހި ސަލާމަތް ކުރުމަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިދިޔަ އަހަރު ސްކޮޓްލޭންޑްގައި ހިނގި މިފަދަ ކާރިސާގައި 50 އަށް ވުރެ ގިނަ ބޮޑުމަސް މަރުވެފައިވެއެވެ.