އޮސްޓްރޭލިއާ އަށް މާދަމާ އަކީ ޝައުބާން މަހުގެ ފަހު ދުވަސް ކަމަށާއި އެ ގައުމަށް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ 12 މާރިޗް ވާ އަންގާރަ ދުވަސް ކަމުގައި އެ ގައުމުގެ ގުރޭންޑް މުފްތީގެ ލަފާފުޅާއި އެކީ ކަނޑައަޅައިފިއެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރަކު ވެސް އެންމެ ފުރަތަމަ ރަމަޟާން މަސް އިއުލާން ކުރާ ގައުމަކީ އޮސްޓްރޭލިއާއެވެ.

މި މަހުގެ 12 ވަނަ ދުވަހަކީ އޮސްޓްރޭލިއާ އަށް ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ނިންމީ އެގައުމުގެ ގްރޭންޑް މުފްތީ ވަނީ ފެޑެރަލް ކައުންސިލް އޮފް އިމާމުންނާއި އޮސްޓްރޭލިއާގެ ފަތުވާ ކައުންސިލާއި ކައުންސިލް އޮފް ފަތުވާ އެންޑް ޝަރީއާ އާބިޓްރޭޝަން ގުޅިގެންނެވެ.

އޮސްޓްރޭލިއާއަކީ އާންމުކޮށް ކޮންމެ އަހަރަކު އެންމެ ފުރަތަމަ ރަމަޟާން މަސް އިއުލާންކުރާ ގައުމަކަށް ވަނީ އެއީ އިރުމަތީ ހެމިސްފިއާގައި އޮންނަ ގައުމަކަށްވެފައި، އެހެން ގިނަ ގައުމުތަކާ އަޅާބަލާއިރު ޓައިމް ޒޯންތަކުގައި ކުރީގައި އޮންނަ ގައުމަކަށްވާތީ އެވެ.

އަރަބި ދުނިޔޭގައި ރަމަޟާން މަހަށް ހަނދު ބެލުން އެކަމަށް ހާއްސަ ކޮމިޓީތަކުން އާންމުކޮށް ބަލާނީ މިއަދުގެ މަޣުރިބު ނަމާދުގެ ފަހުންނެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    މީގެ ދެދުވަސް ކުރިން އޮސްޓްރޭލިޔާއިން ތިޔަކަން އިއުލާނު ކޮށްފި.

  2. ފަގުޑި

    ތިވެސް އިސްލާމީ ގައުމެއް ދޯ..... ސަހަރޯ