ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ޣައްޒާގެ ރަފަހްއަށް ވައިގެ މަގުން 50 ހަމަލާ ދީފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް)އިން ބުނީ ރަފަހުގައި ހުންނަ ހަމާސްގެ 50 އަށް ވުރެ ގިނަ ތަންތަނަށް ވައިގެ ސިފައިން ރޭ ހަމަލާދީފައިވާ ކަމަށެވެ.

ރޭ ހިންގި މި އޮޕަރޭޝަންގައި 20 ވަރަކަށް ހަތިޔާރު އެޅި މީހުން ޝަހީދުވެފައިވާ ކަމަށް އިސްރާއީލުން ބުނެފައިވާައިރު، "މުހިންމު" ތިން ޓަނަލް ޝާފްޓް ފެނިފައި ކަމަށް އައިޑީއެފް އިން ބުނެފައި ވެއެވެ.

އަދި މި ހަމަލާގެ ތެރޭގައި އައިޑީއެފް ޓޭންކަކާ ދިމާލަށް ދުއްވާފައި ދިޔަ ހަތިޔާރު ބަރުކޮށްފައިވާ ކާރެއް ހަލާކުކޮށްލާފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް އެއްވެސް ސިފައިންނަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށްވެސް ބުނެފައެވެ.

ސިފައިން މިހާރު ދަނީ އެ ސަރަހައްދު ބަލައި ފާސްކޮށް އިތުރު މިޝަންތަކަށް ތައްޔާރުވަމުންް ކަމަށްވެސް އިތުރަށް އައިޑީއެފް އިން ބުނެފައި ވެއެވެ.

ރަފަހްއަކީ ޣައްޒާގެ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ތަނެކެވެ. އެތަނުން މީހުން ބޭރު ކުރުމުގެ މަސައްކަތް އިއްޔެ ފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ﷲ ތައާލާ އިސްރާ ސޫރަތުގައި ޔަހޫދީން 2 ފަހަރު އަނިޔާވެރިވުމުން އެބިމުން ނެރެލެއްވި ކަމަށާއި 3 ވަނަ ފަހަރު އަނިޔާވެރިވެއްޖެނަމަ އެމީހުން ނިމިގެންދާނެކަން ސާފުކޮށް ބަޔާންކޮށްދެއްވާފައިވޭ. ޔަހޫދީންގެ ނިމުންވަނީ ދާދިކައިރީގައިކަމާމެދު ޝައްކެއްނެތް. ޔަހޫދީންނަކީ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ބައެއް. ﷲ ތައާލާ ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތްކަންދެއްވާ މުޖާހިދުން ގަދަކުރައްވާ އެބައިމީހުންނަށް ނަސްރު މިންވަރުކުރައްވާނދޭވެ. އާމީން