އަސީރުން ސަލާމަތްކުރަން ރަފާހުއަށް ހަމަލާދޭން މަޖުބޫރުކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ ބުނާގޮތުން ރަފާހު ސަރަހައްދު އަތުލައިގަތުމަކީ ހަމާސް ބަލިކޮށްލުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ. އަސީރުންގެ ސަލާމަތަށްޓަކައި ހަމާސްއަށް އަސްކަރީގޮތުން ޕްރެޝަރ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން އެއްބަސްވި ހުށަހެޅުމަކީ އިސްރާއީލުގެ މުހިންމު ޑިމާންޑްތަކަށް ވުރެ މާ ދަށް ހުށަހެޅުމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ކާމިޔާބު ހޯދުމަށާއި، ދުޝްމަނުންގެ މައްޗަށް ކާމިޔާބު ހޯދަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނަން، ރަފާހު ހިމަނައިގެން" ނަތަންޔާހޫ ބުންޏެވެ.

އަދި "އަހަރެމެންގެ އަސީރުން އެނބުރި އައުން" ރައްކާތެރި ކުރުމަށް އިސްރާއީލަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ އަންގާރަ ދުވަހު އެ ސަރަހައްދަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު ކޮންޑަކްޓެއް ކަމަށްވާ ކްރޮސިން އަތުލައިގަތް ފަހުން އޭނާ ދެއްކެވި ފުރަތަމަ ވާހަކަ އެވެ. އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޣައްޒާގެ ދެކުނުގެ ސިޓީގައި ފިޔަވަޅު ނުއެޅުމަށް އިސްރާއީލުގެ އެކުވެރިންގެ އިންޒާރުތަކާ އެކުގަ އެވެ. އޮފިޝަލުން ބުނާ ގޮތުގައި ޣައްޒާގެ އުތުރުގައި ދަނީ "ފުރިހަމަ ބަނޑުހައިހޫނުކަމެއް" ކުރިމަތިވަމުންނެވެ. އަދި ޣައްޒާގައި ރަހީނުކޮށްފައިވާ މީހުން އަނބުރާ ގެންދިއުމަށް އަސްކަރީ ޕްރެޝަރުތައް ދެމިއޮންނާނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ހަނގުރާމަ ހުއްޓާލުމާމެދު އަދި ގޮތެއް ނުނިންމާ އިސްރާއީލުން ބުނާގޮތުގައި ރެއިން ފެށިގެން އިސްރާއީލުގެ ސިފައިން ދަނީ ރަފާހު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ޔަހޫދީ ސިފައިންގެ ޓޭންކަރުތަކުން އެ ސަރަހައްދު މިހާރު ހިފަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި އެ ސަރަހއްދުގައި ތިބި ހަމާސްގެ ސިފައިން މަރުވަންދެން ނުވަތަ އެމީހުން ބަލިވެ އަސީރުން މިނިވަންކުރަންދެން އެ އޮޕަރޭޝަން ރަފާހުގައި ކުރިޔަށް ގެންދާނެ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި، އެމީޙުންގެ ހަމަލާތައް އިތުރަށް ފުޅާކޮށް، ރަފާހަށް ވެސް އަރަން ވަނީ ނިންމާފައެވެ. ނަމަވެސް ގިނަ ގައުމުތަކުން ވަނީ ރަފާހަށް ނޭރުމަށް ގޮވާލާފައެވެ.