ދިވެހިރާއްޖޭގެ މިހާރު ހާލަތާއި ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަޝްވަރާ ކުރައްވައިފި ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފިއެވެ.

ވައިޓް ހައުސް އިން ބުނީ ޓްރަމްޕާއި މޯދީ ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވީ ފޯނުން ކަމަށެވެ. މިއަހަރު ފުރަތަމަ ފަހަރަށް ދެބޭފުޅުންގެ ދެމެދުގައި ކުރެވުނު ފޯނު ކޯލްގައި ރާއްޖޭގައި ސިޔާސީ ހަނލަބޮލިކަން އިތުރުވެފައި ވާތީ އެކަމާއި ދެބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ވައިޓް ހައުސް އިން ބުނެއެވެ.

"ދެބޭފުޅުން ވެސް ވަނީ ސިޔާސީ ހަނލަބޮލިކަން ރާއްޖޭގައި އިތުރުވަމުން ދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައި. ދިވެހިރާއްޖެ އިން ޑިމޮކްރަޓިކް މުއައްސަސާތަކަށާއި ޤާނޫނަށް ބޯލެނބުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ފާހަގަ ކުރެއްވެވި." ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

ޓްރަމްޕާއި މޯދީގެ ފޯނު ކޯލްގައި ރާއްޖޭގެ އިތުރުން އަފްޣާނިސްތާން، މިޔަންމާ، އުތުރު ކޮރެއާ އަދި ޔަމަންގެ މައްސަލަ އާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވެވި ކަމަށް ވައިޓް ހައުސް އިން ބުނެއެވެ.

މިޔަންމާގެ ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ރެފިއުޖީން އަނބުރާ މިޔަންމާ އަށް ގެންދިއުމަށް ބަންގްލަދޭޝް އާއި މިޔަންމާ އިން އެއްބަސްވުމެއް ގާއިމު ކޮށްފައިވީ ނަމަވެސް ޓްރަމްޕް މޯދީ އާއި ކުރެއްވި މަޝްވަރާތަކުގައި ޓްރަމްޕް ވަނީ މިއީ މިޔަންމާގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތައް ތާއިދު ކުރައްވާ އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެމެރިކާ އާއި އެކު ބައިވެރިވާނެ ކަމުގެ ޔަގީންކަން މޯދީ ވަނީ ޓްރަމްޕަށް ދެއްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިމީހާ

    އެކަކަށް ހީވަނީ މުޅިދުނިޔޭގެ ވެރިޔަކީ އޭނައޭ. އަނެއް މީހާއަށް ހީވަނީ ދިވެހިރާއްޖެއަކީ އޭނާގެ ތަނެކޭ. އެއްވަރެއްގެ ދެމީހުން. ތިބޭ މަޝްވަރާ ކުރަން. ރަގަޅުވާނެ.

  2. ނޫމާރާ

    މަސްވަރާކޮށްގެން ވިޔާސް މި ދިވެހިރާއްޖޭގެ ދީނާއި ކުޅެލަން ބޭނުންވާނީ ... އަންނީ އެބޫނުން ކުރަނީ އެކަމުގައި އެމީހުނގެ ޕަޕެޓަކަށް....

    ގައުމުގައި ތިބި އިސްލާމުން މަރާބަޔަކު އަހަރެމެނަށް ވަކި ކޮންހެވެއް އެދޭނީ .....